May 2, 2026
Advertisement
ރައީސް ޔާމީން ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަދައްކަވަނީ
ރައީސް ޔާމީން ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަދައްކަވަނީ / ތޭރަ އޮންލައިން

ސަރުކާރު ހިންގަން ފައިސާ ނެތިގެން އުޅޭއިރު އެމްޑީޕީއިން ހިންގި ޖަރީމާތައް ބަލަންޖެހޭ: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Jul 3, 2024, 11:59 PM
މާލެ ސިޓީ

ސަރުކާރު ހިންގަން ފައިސާ ނެތިގެން އުޅޭއިރު އެމްޑީޕީއިން ހިންގި ޖަރީމާތައް ބަލަންޖެހޭ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ދަ ފްރޮންޓް އޮފީހުގައި ބޭއްވި ޖަގަހަ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ޔާމީން ވަނީ ދައުލަތް ހިންގަން ފައިސާ ނެތިގެން މި ސަރުކާރުގެ ވެރިން ކަންބޮޑުވެގެން އުޅޭއިރު އެމްޑީޕީއިން ހިންގިކަމަށް އޭރު މިއަދުގެ ވެރިން ވިދާޅުވަމުން ގެންދެވި ކޮރަޕްޝަންގެ މައްސަލަތައް ނުބައްލަވަނީ ކިއްވެތޯ އައްސަވާފައެވެ. އެގޮތުން ފެނަކައިގެ ބޮޑު ކޮރަޕްޝަން ފަދަ ކަންކަން ބަލާ ތަހުގީގުކޮށް ދައުލަތަށް ލިބެން ޖެހޭ ފައިސާ ނުހޯދާ ތިބޭ ނަމަ އޭގެ މާނައަކީ މިސަރުކާރުންވެސް އެ ޖަރީމާތަކުގައި ބައިވެރިވުންކަމުގައި ބެލެވިދާނެ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

އަޅުގަޑުމެންނަށް އޭރު އުނދަގުލެއް ނުވި އެމްޑީޕީ ސަރުކާރުގައި، ސޯލިހުގެ ސަރުކާރުގައި ހިނގާ ދިޔަ ބޮޑެތި ކޮރަޕްޝަނަތަކުގެ ވާހަކަ ދައްކަން. މިއަދު ކިހިނެއްތޯ ވީ؟ އެ ހުރިހާ އެއްޗެއް ކްލެންސްވެ ނިމުނީތޯ؟ ސާފުވެ ނިމުނީތޯ؟ މިއަދު ނުވެއެއްނުންތޯ އެއިން ކަމެއް ބަލައިގެންނެއް. ސަރުކާރު ހިންގަން މަދުވެގެން މިއުޅޭ ފައިސާ ހޯދުމަށްޓަކައިވެސް އެކަން އެބަ ބަލަން ޖެހޭ ދެއްތޯ؟

ރައީސް ޔާމީން

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާއަކު ޒިންމާދާރުކަމާ އެކު ގައުމު ހިންގާކަމުގައި ވަނީ ނަމަ އެ ފަދަ މައްސަލަތައް އެއް ފަރާތްކޮށް ނުބަލާ ދޫކޮށްނުލާނެ ކަމަށާ އަދި އެއީ ރައީސުލްޖުމްހޫރިއްޔާގެ އިޚްތިޔާރުގައިވެސް އޮންނަ ކަންކަން ނޫން ކަމަށެވެ.

ކޮމެންޓު
ކޮމެންޓްތައު
ޝަމީމު
Jul 5, 2024, 04:09 AM
ސާބަހޭރަޢީސްޔާމީންމަރްހަބާ
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved