March 21, 2026
Advertisement
އެމްޑީޕީ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް
އެމްޑީޕީ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް / ސޯޝަލް މީޑިއާ

"މައުލޫމާތު ހާމަކުރާނެ ކަމަށް" ރައީސް ވައުދުވެވަޑައިގެންނެވި ގެންނެވުމާ ޚިލާފުވެއްޖެ: ފައްޔާޒް

Mariyam Isaadha
މަރިޔަމް އިސާދާ
Jul 4, 2024, 12:24 AM
މާލެ ސިޓީ

"މައުލޫމާތު ހާމަކުރާނެ ކަމަށް" ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދާ ހިލާފުވެވަޑައިގެންފި ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

Advertisement

ފައްޔާޒު މިފަދައިްނ ވިދާޅުވީ، މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ އަދަދާއި ސަރުކާރުގެ ކުންފުނިތަކުން މުސާރައަށް ހޭދަކުރާ މިންވަރު ހާމަ ކުރަން ލާޒިމުވާ ގޮތަށް އެމްޑީޕީގެ ފަރާތުން ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލުމުން އެކްސްގައި ކުރި ޕޯސްޓެއްގައެވެ.

ފައްޔާޒް ވިދާޅުވީ އެ ކުއްލި މައްސަލަ ބޭރުކޮށްލީ ރިޔާސީ އިންތިހާބުގައި ރައީސް ވެވަޑައިގެންނެވި ވައުދާ ހިލާފަށް، މަގާމްތަކުގެ އަދަދު އިތުރުވެ، ދައުލަތުގެ ހަރަދު ނުކަތާ ވަރަށް ދިޔުމުން ކަމަށެވެ.

ގައުމުގެ އިގްތިސާދު މިދާ މިސްރާބަކީ އިގްތިސާދު މެނޭޖުކުރަން މިސަރުކާރަށް ނޭނގި ރައްޔިތުންނަށް ކަންކަން އޮޅުވާލާ ދޮގުހެދުމުގެ ސަބަބުން ކުރިމަތިވާ ކަމެއް ކަމަށްވެސް ފައްޔާޒު ވިދާޅުވެފައިވެއެވެ.

ފައްޔާޒު މިފަދައިން ވިދާޅުވެފައިވާއިރު، މިހާރު ގައުމުގެ އިގްތިސޯދީ ޙާލަތު އޮތް ހިސާބަކީ ފައްޔާޒުގެ އިކޮނޮމިކު މިނިސްޓަރުކަމުގައި ގައުމު ވެއްޓުނު ޙާލަތެއްކަން ފާހަގަކޮށްލެވެ. އަދި މި ސަރުކާރުގެ ސިޔާސީ މަގާމުތަކަށް ގިނަ އަދަދެއްގެ ބަޔަކު އައްޔަންކޮށްފައިވީ ނަމަވެސް އެ އަދަދުތައް ރަނގަޅަށް ސާފު ކޮށްދީފައެއް ނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved