ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ކުރެއްވީ ނުލަފާ ވަރަށް ވެސް ޖައްބާރު ވެރިކަމެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ ޖަމީލް މިފަދައިން ވިދާޅުވެފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި ކުރިޔަށް ދިޔަ ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ އަދުގެ ސަރުކާރުގައި ތިއްބެވި ފަރާތްތަކާއި އަދި ޕީއެންއެފްގައި މިވަގުތު ތިއްބެވި ފަރާތްތަކަކީ ރައީސް ޞާލިހް ގެ ނުލަފާ ވެރިކަން ބަދަލު ކުރެއްވި ފަރާތްތަކެއް ކަމަށެވެ.،
އެކަން ކޮށް ވެރިކަން ޕީޕީއެމް/ޕީއެންސީ އަށް ހޯދައިދިނީ ވަރަށް ވެސް އުންމީދުތަކަކާއެކީކަމަށެވެ. ނަމަވެސް މިއަދު ވެރިކަމުގައި ތިއްބެވި ފަރާތްތަކުގެ ފަރާތުން ވެސް ފެނިގެންދަނީ އެފަދަ ދެކޮޅު ނުޖެހޭ އަމަލުތަކެއް ކަމަށް ވިދާޅުވެ ޑރ ޖަމީލް ފާޑުކިޔުން އަމާޒުކުރެއްވިއެވެ.
އޭގެއިތުރުން ޑރ ޖަމީލް ވަނީ އޭރު އިދިކޮޅުގައި ތިބެ އަދުގެ ސަރުކާރުގެ ވެރިން ބާތިލް ކުރަން ގޮވާލި އިންޑިޔާ އައުޓް ގަރާރު މިއަދު ބާތިލް ނުކުރައްވާކަން ވެސް ފާހަގަކުރައްވާފައެވެ.
މި ސަރުކާރުން ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރައްވަމުންގެންދާ ކަމަށް ބުނެ ރައީސް މުއިއްޒަށް ޑރ ޖަމީލް ވަނީ ފާޑުވިދާޅުވެފައެވެ.