ރައްޔިތުންގެ މަޖިލީހުގެ ބިޔުރޯ ޗީފް މަގާމުގައި ހުންނެވި ކުރީގެ މަޖިލިސް މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކް ނޫސްވެރިޔަކަށް ފުރައްސާރަ ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ނިހާން މި ނޫސްވެރިޔާއާ މުހާތަބު ކުރައްވާފައިވަނީ ވަރަށް ވެސް ބޭއަދަބީކޮށެވެ.
އަދި މީސްމީޑިޔާގައި ނިހާން ގެންދަވަނީ ނޫސްވެރިޔާއަށް ގަނާކޮށް ފުރައްސާރަކުރަމުންނެވެ.
އެގޮތުން އެ ނޫސްވެރިޔާ ވަނީ ނިހާން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަށް ބަދުބަސް ބުނެ ވާހަކަތައް ދައްކަވާފައިވާކަމަށް ތުހުމަތުވެސް ކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބިއުރޯ ޗީފަކަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله އައްޔަނުކުރައްވިކަން އިއުލާންކުރެއްވިތާ މާގިނަ އިރުތަކެއް ނުވެ، ޕީޖީއިން އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާތައް އަނބުރާ ގެންގޮސްފިކަމަށް ތޭރަ އޮންލައިނަށް މައުލޫމާތު ވަނީ ލިބިފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީޖީއިން ވަނީ ނިހާންގެ މައްޗަށް 2019 ވަނަ އަހަރުގައި ކޮށްފައިވާ ރިޝްވަތަށް އެދުމުގެ ދެ ދައުވާއަކާއި ރިޝްވަތު ހިފުމުގެ ތިން ދައުވާއެއްގެ އިތުރުން މަނީލޯންޑްރިންގެ ދައުވާ ވެސް އަނބުރާ ގެންދަން ނިންމާފައެވެ.
މިފަދަ ނިންމުމެއް ޕީޖީއިން ނިންމާފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ގއ ވޮޑެމުލާ މައްސަލައިގައި ދަށު ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފުގެ މައްސަލާގައި 2021 ވަނަ އަހަރު ސުޕްރީމް ކޯޓުން ކުރި ހުކުމަށް ރިއާޔަތްކޮށް ބެލިއިރު، ނިހާންގެ މައްޗަށް އެ ދައުވާ ސާބިތުވާނެ ކަމަށް ނުބެލެވޭތީ ކަމަށް ބުނެ ކަމަށް ވެއެވެ.
ނަމަވެސް އެ ހުކުމް އެހެން ކޮށްފައިވަނިކޮށް ރައީސް ޔާމީންގެ މައްޗަށް އެ ހުކުމުގައި ބުނެފައިވާ "ބަލައި ނުގަނެވޭނެ" ހެކިތަކާ އެކު ދައުވާތައް އުފުލާ ހުކުމްކޮށް އެމަނިކުފާނުގެ އެތައް ހައްގަކަށް އަރައިގެންފައިވެއެވެ.
Kaleyakee hama jameel kahala boa galhi, Maa molhah kiyevifai huri jaahilakah vaathee PNC sarukaarun kaleyah vazeefaa gandeh nudhinee. Dhen hajam kohllaigen madu kohllaaa.
— Ahmed Nihan (@ahmed_nihan) July 5, 2024