އެމްޑީޕީ އަށް ވެރިކަން ލިބުނު ނަމަ މިއަދުވެސް މަސް ކިލޯ އެއްގެ އަގު ހުންނާނީ 25 ރުފިޔާގައި ކަމަށް މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.
މައުރޫފް މިފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީގެ ހަރުގޭގައި "ކުރީ ސަރުކާރު، ކުރީ ސަރުކާރު" ގެ ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން އޭނާ ވިދާޅުވީ ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ވެރިކަން ފެށުނީއްސުރެ ނިމެންދެން ވެސް މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދޭތާ 2 މަސް ދުވަސްވެގެން، 10 ދުވަސް ވަންދެން މަސްވެރިން މުޒާހަރާކުރަން ޖެހުނު ވާހަކަ އަޑު އިވިފައި ނުވާނެ ކަމަށެވެ.
އެއާއި ޚިލާފަށް މި ސަރުކާރު ވެރިކަމަށް އައިސް މި 7 މަސް ދުވަހުގެ ތެރޭގައި ކަންކަން ކުރާ ގޮތުން ރައްޔިތުންނަށް ލިބެނީ މާޔޫސްކަން ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން މި ވެރިކަމަށް 7 މަސް ނުވަނީސް މަސްވެރިންނަށް ހިތި ބޭސް ބޯން ދީފައިވާ ކަމަށާއި، ދެން ދިމާކުރާނީ ކޮންމެވެސް އެހެން ބަޔަކާއި ކަމަށް މައުރޫފް ވަނީ ވިދާޅުވެފައެވެ.
މައުރޫފް ވަނީ ނިމިދިޔަ ސަރުކާރުން މަސް ކިލޯ އެއްގެ އަގު 25 އަށް ހެދީ ދިރާސާކުރުމަށް ފަހުގައި ކަމަށް ވިދާޅުވެފައެވެ.
މިއަދު މަހުގެ އަގު މި ސަރުކާރުން ވައްޓާލާފައިވާ ކަމަށާއި އެކަމުގެ ސަބަބުން މަސްވެރިން ތިބީ ރޯން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މިއަދު ރާއްޖޭގެ މަސްވެރިން ތިބީ މާޔޫސްވެފައި. ތިމަންނާމެންނަށް މި ކުރެވުނު ކަމާއި ދޭތެރޭގައި ފިކުރުކޮށް ކޮންމެ ދުވަހަކު މަސްވެރިން އެބަ ގުޅާ މި ހެދުނީ ގޯހެކޭ. އޭރު ވެސް މަސްވެރިން ކައިރީގައި ބުނިން ފެލިވަރުގައި ކޫއްޑޫގައި މަސްވެރިންނަށް ރަނގަޅު ޕްރޮޖެކްޓްތަކަށް މަސައްކަތް ކުރަމުންނޭ އެމްޑީޕީން ދިޔައީ. ވެރިކަން ނިންމާލީ 25 ކިލޯ އަށް މަސް ހަދާފައި. މިއަދު މިބުނަނީ ނުދެވޭ ވަރުގެ އަގެކޭ. ވެރިކަން އަޅުގަނޑުމެންނަށް ދިން ނަމަ މިއަދުވެސް މަސް ކިލޯ އެއްގެ އަގު ހުންނާނީ 25 ރުފިޔާގައި