March 10, 2026
Advertisement
އަމީނީ މަގުގައި ކުރިޔަށްދިޔަ އިހުތިޖާޖްގެ ތެރެއިން
އަމީނީ މަގުގައި ކުރިޔަށްދިޔަ އިހުތިޖާޖްގެ ތެރެއިން / ޓްވިޓަރ

ސަހްޔޫނީންނަށް ވާގިވެރިވާ ވިޔަފާރިތައް ހުއްޓުމަށް ގޮވާލާ އިހުތިޖާޖްކޮށްފި

Aishath Naja
އައިޝަތު ނަޖާ
Jul 8, 2024, 12:36 AM
މާލެ ސިޓީ

ސަހްޔޫނީންނަށް ވާގިވެރިވާ ވިޔަފާރިތައް ހުއްޓުމަށް ގޮވާލާ އިހުތިޖާޖްކޮށްފިއެވެ.

Advertisement

މި އިހުތިޖާޖް ކޮށްފައިވަނީ އާދިއްތަ ދުވަހުގެ ހަވީރު އަމީނީ މަގުގައި ހުންނަ ކޭއެފްސީ އަދި ޕިއްޒާ ހަޓް ކުރިމަތީގައެވެ.

އެގޮތުން މި އިހުތިޖާޖް އިންތިޒާމްކޮށްގެން ކުރިޔަށް ގެންގޮސްފައިވަނީ "ޔޫތް ފޯރ ޔުނިޓީ" ނަމަކަށް ކިޔާ ޖަމިއްޔާއަކުންނެވެ.

މިގޮތުން ސަހްޔޫނީންނަށް ވާގިވެރިވާ ވިޔަފާރިތައް ބޮއިކޮޓް ކުރުމަށްވެސް މި އެއްވުމުގައި ވަނީ ގޮވާލާފައިވެއެވެ.

އަދި ސަރުކާރަށް ނިސްބަތްވާ އިސް ފަރާތްތަކުންނާއި ބައެއް މަޖިލިސް މެމްބަރުން ސަހްޔޫނީން ދިފާއުކޮށް ވާހަކަދައްކަމުންދާތީ ސަރުކާރުގެ ސްޓޭންޑް ހުރި ގޮތާއި މެދު ކަންބޮޑުވުން ވެސް ފާޅުކޮށްފައިވެއެވެ.

ސަހްޔޫނީން ރާއްޖެ އެތެރެވަމުން ގެންދާތީވެ، އެމީހުންގެ ޕާސްޕޯޓް މަނާކުރުމަށް ސަރުކާރުން ނިންމާފައިވީ ނަމަވެސް އަދި އެކަން ކޮށްފައިނުވާތީވެސް ގިނަ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved