March 10, 2026
Advertisement
ރައީސް ޑރ މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ
ރައީސް ޑރ މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ / ރައީސް އޮފިސް

ލާމަރުކަޒީ ނިޒާމަށް ބަދަލު ގެންނަވާނެ ކަމަށް ވިދާޅުވުމުން އާންމުން ނުރުހުން ފާޅުކޮށްފި

Aminath Zara
އައިމިނަތު ޒާރާ
Jul 9, 2024, 02:47 AM
މާލެ ސިޓީ

ލާމަރުކަޒީ ނިޒާމަށް ބަދަލު ގެންނަވާނެ ކަމަށް ވިދާޅުވުމުން އާންމުން ނުރުހުން ފާޅުކޮށްފިއެވެ.

Advertisement

ހައުސް އޮފް ޕީއެންސީގައި އެ ޕާޓީން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ލާމަރުކަޒީ ނިޒާމަށް ބަދަލު ގެނައުމަށް ރާވާ ކަމަށް ބުނެ ދެއްކެވި ވާހަކަފުޅާ ގުޅިގެން އާންމުންގެ މެދުގައި ކަންބޮޑުވުން އުފެދިފައިވާކަން ފާހަގަކުރެވިފައިވެއެވެ.

މިގޮތުން ކައުންސިލުތަކުގެ އަދަދާއި ކައުންސިލަރުންގެ އަދަދު މަދުކުރުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ވިސްނާވަޑައިގަންނަވާ ކަމަށް ޖަލްސާގައި ވަނީ ހާމަކޮށްފައެވެ. މިކަމާއި ގުޅިގެން ގިނަ އަދަދެއްގެ ކައުންސިލުތަކުން ކަންބޮޑުވުން ފާޅުކޮށް މިއީ އަތޮޅުތަކަށް ލިބިފައިވާ ބާރުވެރިކަން ނިގުޅައިގަތުމަށް އަޅާ ފިޔަވަޅެއް ކަމަށް އަންނަނީ ބުނަމުންނެވެ.

ސަރުކާރުން މި ބަދަލު ގެންނަން އުޅެނީ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ކަމަށް ބުނި ނަމަވެސް، ގިނަ ރައްޔިތުން ޝަކުވާ ކުރަނީ އަދިވެސް ސިޔާސީ މަގާމުތައް އިތުރުކުރަމުންދާތީ އާއި ބޮޑެތި މުސާރައިގައި އައާ ސިޔާސީ މަގާމުތަކަށް މީހުން ނަގަމުންދާ މައްސަލައިގައެވެ.

މީގެ އިތުރުން، އަތޮޅުތެރޭގެ ރަށްތަކަށް މި ސަރުކާރުން އެއްވެސް ހަރުދަނާ ސިޔާސަތެއް ނެތް ކަމަށާއި ސަރުކާރުގެ މި ނިންމުމާ ދެކޮޅަށް އެކި ގޮތްގޮތުން އިހުތިޖާޖު ކުރުމަށް ގިނަ ބަޔަކު ތައްޔާރުވަމުންދާ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved