

އިދިކޮޅު އެމްޑީޕީގެ ޖަލްސާއެެއްގެ ޕޯޑިއަމަށް އަރައި ގުރުއާން ކިޔެވި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މުވައްޒަފު ވަޒީފާއިން ކަނޑާލީ ވަޒީފާއަށް ފަރުވާކުޑަކޮށްގެން ކަމަށް ބުނެ އެޗްޑީސީ އިން ހެދީ ދޮގުކަން ފަޅައަރައިފިއެވެ.
ވަޒީފާއިން ވަކިކޮށްފައިވާ ފަރާތް ބައެއް ނޫސްތަކަށް މައުލޫމާތު ދެމުން ބުނީ އޭނާއަކީ ބަރާބަރަށް ވަޒީފާއަށް ނުކުންނަ މީހެއް ކަމަށެވެ.
އަދި ޗިޓު ފޮނުވި ދުވަހު ވެސް އޭނާ އޮފީހަށް ދިޔަ ކަމަށެވެ. އޭނާ ވަނީ މަސައްކަތަށް ރިޕޯޓުކޮށްފައިވާ ކަމުގެ ހެކިވެސް ހިއްސާކޮށްފަ އެވެ.
އޭނާ ކަނޑާލީ ވަޒީފާއަށް ފިލައިގެން އުޅޭތީ ކަމަށް އެޗްޑީސީއިން ބައެއް ނޫސްތަކަށް މައުލޫމާތު ދިނުމުން އެޗްޑީސީގެ ޑިރެކްޓަރަކަށް ގުޅުމުން މިއީ 'ޕޮލިޓިކްސް' ކަމަށް އޭނާ ކައިރި ބުނި ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
އަދި އެ ފޯނު ކޯލުގެ ރެކޯޑިން ވެސް އޭނާ ވަނީ ބައެއް ނޫސްތަކާ ހިއްސާކޮށްފައެވެ.
ސިޔާސީ ގޮތުން ބަދަލު ހިފުމުގެ ރޫހެއް ނުގެންގުޅުއްވާނެ ކަމުގެ ވައުދާއެކު ވެރިކަމަށް އައި ސަރުކާރުން ދަނީ އިދިކޮޅު ޕާޓީ ތަކުގެ ހަރަކާތްތަކުގައި އުޅޭ ފަރާތްތައް ވަޒީފާއިން ވަކި ކުރަމުންނެވެ.
އެހެންކަމުން ގިނަ ބަޔަކު އަންނަނީ ސަަރުކާރަށް ފާޑުކިޔުން އަމާޒުކުރަމުންނެވެ.