May 1, 2026
Advertisement
ޑރ ޖަމީލް
ޑރ ޖަމީލް / ތޭރަ އޮންލައިން

ރައީސް މުއިއްޒުގެ އެޑްވައިޒަރު މުހުތާޒަށް ޑރ ޖަމީލްގެ ސުވާލެއް: ތިއީ ޕީޕީއެމާ ކޮން ގުޅުމެއް ހުރި ފަރާތެއް؟

Aishath Naja
އައިޝަތު ނަޖާ
Jul 11, 2024, 06:20 PM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗައް ދައުވާ ކުރަން ޖެހޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރު އަދި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވުމުން ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވަރުގަދަ ސުވާލެއް އަމާޒުކުރައްވައިފިއެވެ.

Advertisement

ޑރ ޖަމީލް މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި އެމަނިކުފާނު ވަނީ ނަސޭހަތެއް ދެއްވާ ވަރަށް ބައިވަރު ސުވާލުތަކެއް ވެސް އަމާޒުކޮށްފައެވެ.

އެގޮތުން ރައީސް ޔާމީން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހައްޔަރުކުރުމުން ދައުވާ ކުރަން ޖެހޭކަމަށް މުހުތާޒް ވިދާޅުވުމުން ޑރ ޖަމީލް ވަނީ މުހުތާޒް އަމިއްލަ ފަޔަށް ޝޫޓް ކުރަން އުޅޭކަމަށް ވިދާޅުވެފައެވެ.

ދައުވާ ކުރަންޏާ އެކަމަށް ގޮވާލާ ނޫސްވެރިންގެ ބައްދަލުވުން ބޭއްވި ފަރާތްކަމަށްވާ މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގެ މައްޗައް ވެސް ދައުވާ ކުރަން ޖެހޭނެކަމަށް ވެސް ޑރ ޖަމީލް ވަނީ ވިދާޅުވެފައެވެ.

އޭގެއިތުރުން މުހުތާޒަކީ ޕީޕީއެމް އާ ކޮން ގުޅުމެއް ހުރި ފަރާތެއްތޯ ވެސް ޑރ ޖަމީލް ވަނީ އައްސަވާފައެވެ. ވެރިކަން ގެނައުމަށްޓަކައި ޕީޕީއެމްގެ އާންމު މެމްބަރުން މަސައްކަތް ކުރި އިރު މުހުތާޒު ކުރެއްވީ ކޮން މަސައްކަތެއްތޯ އައްސަވާ ޑރ ޖަމީލް ވަނީ ސުވާލު އަމާޒުކޮށްފައެވެ.

މުހުތާޒް ރައީސް ޔާމީންގެ މައްޗައް ދައުވާ އުފުލަން ގޮވާލުމުން ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved