ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒު / ރައީސް އޮފިސް
ސިޔާސީ
ރަމީޒުގެ ކޮއްކޮ އެމްއެފްއެމްސީގެ ބޯޑުން ވަކިކޮށްފި
Aishath Naja
އައިޝަތު ނަޖާ
11 ޖުލައި 2024
މާލެ ސިޓީ

މޯލްޑިވްސް ފަންޑު މެނޭޖުމެންޓު ކޯޕަރޭޝަންގެ ބޯޑުން ސަސްޕެންޑް ކުރެވިފައިވާ ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒުގެ ކޮއްކޮ ވަކިކޮށްފި އެވެ.

ރަމީޒްެގެ ކޮއްކޮ އާމިނަތު ޝީޒާ އަހުމަދު އެމްއެފްއެމްސީގެ ބޯޑަށް އައްޔަން ކުރީ މި އަހަރުގެ ޖެނުއަރީ މަހުއެވެ.

އޭނާ މަގާމުން ވަކިކޮށްފައިވަނީ މި ހަފުތާތެރޭގައެވެ.

މިކަން "ތޭރަ އޮންލައިން" އަށް ޕީސީބީ ގެ އޮފިޝަލެއް ވަނީ ކަށަވަރުކޮށްދީފައެވެ.

މައުލޫމާތު ލިބުނުގޮތުގައި ޝީޒާ މަގާމުން ވަކިކޮށްފައިވަނީ ރައީސް އޮފީހުން ޕީސީބީ އަށް ނުފޫޒު ފޯރުވައިގެންނެވެ.

ރަމީޒް މަގާމުން ސަސްޕެންޑް ކުރި ސަބަބު ރައީސް އޮފީހުން ހާމަކޮށްފައި ނުވީ ނަމަވެސް މައުލޫމާތު ލިބުނުގޮތުގައި މިކަން ކޮށްފައިވަނީ އޭނާގެ ކުރީގެ އަންހެނުން އަދި އެންވަޔަރމެންޓް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓާރ ފާތިމަތު ޝަމްނާޒް އަލީ ސަލީމް ރައީސް މުއިއްޒުގެ އާއިލާ އަށް ސިހުރި ހެދި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރުމަށްފަހުއެވެ.

ޝަމްނާޒްގެ ވަކީލު އަލީ ޝާހް ވިދާޅުވި ގޮތުގައި ފުލުހުންނަށް ޝަމްނާޒް އާ ދެކޮޅަށް އެއްވެސް ހެއްކެއް އަދި ދެއްކިފައި ނެތެވެ.

އަދި ފުލުހުން ގެންދަނީ ޝަމްނާޒް ލައްވާ ރަމީޒްއާ ދެކޮޅަށް ހެކިބަސް ދިނުމަށް މަޖުބޫރުކުރަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved