April 18, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / އެޑިޝަން.އެމްވީ

ރައީސް ޔާމީން ސަރުކާރަށް: ކަންކަން ކުރަން ފައިސާ ނެތިގެން ދިވެހިރާއްޖޭގެ މުސްތަގުބަލު ވިއްކާލައިގެން ނުވާނެ!

Mariyam Isaadha
މަރިޔަމް އިސާދާ
Jul 12, 2024, 06:14 PM
މާލެ ސިޓީ

ގައުމުގައި ކަންކަން ކުރަން ފައިސާ ނެތިގެން ވެސް ގައުމުގެ މައި ބަނދަރުތައް ވިއްކާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ދަ ފްރޮންޓް އޮފް އޮފީހުގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޓައުން ހޯލް ޖަލްސާގައި ވާހަކަފުޅު ދައްކަމުން، ރައީސް ޔާމީން ވިދާޅުވީ، ގައުމާ މެދު ވެރިއަކު ވިސްނަން ޖެހޭނީ ހަމައެކަނި އިގްތިސޯދީ ނަޒަރުން ނޫން ކަމަށާ އެ ވެރިއަކު ގައުމުގެ މުސްތަގުބަލާ މެދުވެސް ފުންކޮށް ވިސްނާ ކަންކަންކުރި މަގަށް ބައްޓަން ކުރަން ޖެހޭ ކަމަށެވެ.

އެހެންކަމުން މާލޭގެ ޕޯޓު ފިލިޕިންސްގެ ކުންފުންޏަކަށް ދިގު މުއްދަތަކަށް ދިނުމަކީ ޖީއެމްއާރަށް އެމްޑީޕީއިން އެއާޕޯޓު ދޫކޮށްލުމާ އެއްފަދަ ކަމެއްގެ ގޮތުގައި ރައީސް ޔާމީން ސިފަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ލިކިއުޑީޓީ ނެތިގެން މާލޭ ކަނޑުގެ ބަނދަރު ވިއްކާލުމަކީ އުފެއްދުންތެރިކަން އިތުރުވާނެ ކަމެއް ނޫން ކަމަށާ އޭގެ ސަބަބުން ގައުމު ހުށަހެޅިގެން ދާނީ އިތުރު ނުރައްކަލަށް ކަމަށެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ ބަނދަރު ވިއްކާލުމާ އެކު އެތަނަށް ދިވެހިންނަށް ބާރު ނުފޯރުވޭނެ ކަމަށާ އެހެންކަމުން ބަނދަރަށް ހަތިޔާރާ އެކު މަނަވަރުތައް އަޔަސް އެކަމަށް ދިވެހި ސަރުކާރަށް ބާރު ނުފޯރުވޭނެ ކަން ވެސް ރައީސް ޔާމީން ފާޙަގަކުރެއްވިއެވެ.

ކަންކަން ކުރަން ފައިސާ ނެތިގެން ދިވެހިރާއްޖޭގެ މުސްތަގުބަލު ވިއްކާލައިގެން ނުވާނެ. އެހާ ހިސާބުން ގައުމުގެ ކަންކަން ރައްޔިތުންނަށް ކިޔައިދޭންވީ. ހިތި ބޭހުގެ ޑޯޒް ޑަބަލުކުރަން ޖެހޭ އެ ވާހަކަވެސް ބުނެދޭންވީ.

ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ ބަނދަރު ވިއްކާލާ ހިސާބުން އަމާން ދިވެހިރާއްޖޭގެ ނަސީބު ދިވެހިން އަތުން ގެއްލިގެން ދާނެ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved