March 21, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ރައީސް ޔާމީން މި ވިދާޅުވެ ދެއްވަނީ ދަރަނި އޮތަސް ގައުމު ހިންގޭނެކަން!

Mariyam Isaadha
މަރިޔަމް އިސާދާ
Jul 13, 2024, 04:57 PM
މާލެ ސިޓީ

ދަރަނި ބޮޑުވެފައި އޮތުމުން ގައުމު ނުހިންގިގެން ރައީސް މުހައްމަދު މުއިއްޒު ބަހަނާ ދައްކަވަމުންދާތީ ރައީސް އަބްދުﷲ ޔާމީން އެ ވާހަކަފުޅަށް ރައްދު ދެއްވައިފިއެވެ.

Advertisement

ބުރާސްފަތި ދުވަހުގެރޭ ދަ ފްރޮންޓް އޮފީހުގައި ބޭއްވި ޓައުން ހޯލް ޖަލްސާގައި ރައީސް ޔާމީން ވަނީ ގައުމުގެ ދަރަންޏާ ހުރެ ދައުލަތް ނުހިންގިގެން އުޅެން ނުޖެހޭނެކަން ސާބިތުކޮށްދެއްވާފައެވެ.

އެގޮތުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ފަސް އަހަރުގެ ދައުރާ ކުރިމަތިލީ އިރު އެމްޑީޕީ ސަރުކާރުން ދޫކޮށްފައި ދިޔަ 28 ބިލިއަންގެ ދަރަނި އޮތް ކަމަށާ އެހެންކަމުން އެ ދަރަނި ދެއްކުމަށް ފަހު އެމަނިކުފާނުގެ ފަސް އަހަރަށް ޖެހިފައި އޮންނާނީ 6 ބިލިއަންގެ ދަރަނި ކަމަށާ ނަމަވެސް ޖީއެމްއާރު އަތުން އެއާޕޯޓު ހޯދަން ވެސް 320 މިލިއަން ޑޮލަރު ހޭދަކުރަން ޖެހުނު ކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެ ހުރިހާ ދަރަނި ދެއްކުމަށް ފަހުވެސް އެމަނިކުފާނު ވާނީ ގައުމަށް އުމްރާނީ ތަރައްގީ ގެނެސްދެއްވާފައިކަން ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

އެ ދަރަނިތައް ދެއްކުމަށް ފަހު ފަސް އަހަރު ނިންމާލިއިރު ދިވެހިންނަށް އުފާވެރިކަން ވެސް ގެެނސްދިނިން. ގައުމުގައި ނެތް ވަރުގެ ހޮސްޕިޓަލަކާ ބުރިޖަކާ މިހެން ގޮސް އުމްރާނީ ބޮޑެތި ތަރައްގީ ހުންނާނީ ގެނެސްދީފައި. އެހެންކަމުން ދަރަނި ބަހަނާއަކަށް ދެއްކޭކަށް ނެތް.

ރައީސް ޔާމީން

ރައީސް ޔާމީން ވަނީ އެމްޑީޕީ ސަރުކާރުގެ ދަރަނީގެ ވާހަކަ ދައްކާއިރު އެ ދަރަނި ނަގައިގެން ރައްޔިތުންނަށް ކޮށްދިން ކަމެއް އޮތްތޯ ނުވަތަ އެ ފައިސާ ހޭދަ ކުރީ ކިހިނަކުންތޯ ބަލަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved