March 19, 2026
Advertisement
ހޫތީންގެ އުޅަންދެއް
ހޫތީންގެ އުޅަންދެއް / ބީބީސީ

އެމެރިކާއިން ހޫތީންގެ ދެ އެންޓި ޝިޕް މިސައިލް ނައްތާލައިފި: ސެންޓްކޮމް

Faina Faiz
ފައިނާ ފާއިޒް
Jan 24, 2024, 02:41 PM
ޔަމަން

އެމެރިކާއިން ހޫތީންގެ ދެ އެންޓި ޝިޕް މިސައިލް ނައްތާލައިފިކަމަށް ޔޫއެސް ސެންޓްރަލް ކޮމާންޑު ސެންޓްކޮމްއިން ހާމަކޮށްފިއެވެ.

Advertisement

މި ހަމަލާ އަމާޒުވެފައިވަނީ، ހޫތީންގެ ދެ އުޅަންދަކަށް ކަންވެސް ސެންޓްކޮމްެއިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ހާމަކޮށްފައިއެވެ.

ސެންޓްކޮމްއިން ބުނެފައިވާގޮތުގައި ޖެނުއަރީ 24 ވަނަ ދުވަހުގެ ހެނދުނު ޔަމަންގެ ވެރިރަށް ސަނާގައި ގާތްގަނޑަކަށް 2:30 ހާއިރު، އެމެރިކާގެ ސެންޓްރަލް ކޮމާންޑް ފޯސްތަކުން ވަނީ ދެކުނު ރަތް ކަނޑަށް އަމާޒުކޮށްގެން ފޮނުވާލަން ތައްޔާރުވެފައިވާ ހޫތީ އެންޓި ޝިޕް ދެ މިސައިލުން ހަމަލާދީފައިއެވެ.

އެގޮތުން އެމެރިކާ ސިފައިން ވަނީ ޔަމަނުގެ ހޫތީންގެ ބާރުގެ ދަށުގައި އޮންނަ ސަރަހައްދުތަކުގައި ހުރި މިސައިލްތައް ދެނެގަނެ، އެއީ ވިޔަފާރި އުޅަނދުތަކަށާއި އެ ސަރަހައްދުގައި ތިބި އެމެރިކާގެ ކަނޑުގެ ސިފައިންގެ ބޯޓުތަކަށް ކުރިމަތިވެފައިވާ ނުރައްކަލެއްގެ ގޮތުގައި ކަނޑައަޅައިފަ އެވެ.

އޭގެ ފަހުން އެމެރިކާ ސިފައިން ވަނީ ’އަމިއްލަ ދިފާއުގައި” މި މިސައިލްތަކަށް ހަމަލާދީ ނައްތާލާފައެވެ. އެމެރިކާއިން ބުނެފައިވަނީ، މި ފިޔަވަޅަކީ ދަތުރުފަތުރުގެ މިނިވަންކަން ހިމާޔަތްކޮށް، ބައިނަލްއަޤްވާމީ ކަނޑުތައް އެމެރިކާގެ ކަނޑުގެ ސިފައިންގެ އުޅަނދުތަކާއި ވިޔަފާރި އުޅަނދުތަކަށް ރައްކާތެރި އަދި ދަތުރުފަތުރު ކުރަން އަމާން ތަނަކަށް ހެދުމަށް ކަމަށެވެ.

މިފަދަ ހަމަލާތަކެއް ޔަމަންގެ ހޫތީންނަށް ކުރިމަތިވަމުން އަންނަނީ ހޫތީން ފަލަންތީނާއި އެއްކޮޅަށް އަޑުއުފުލާ، ފަލަސްތީނުގެ ދިފާއުގައި ނިކުތުމުންކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved