May 1, 2026
Advertisement
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް / އެޑިޝަން.އެމްވީ

ސަރުކާރުން ހިންގާ މަޝްރޫއުތައް ބެލޭ އައިލްސް ވެބްސައިޓްއަށް ނުވަދެވޭ

Mariyam Isaadha
މަރިޔަމް އިސާދާ
Jul 16, 2024, 06:48 PM
މާލެ ސިޓީ

ސަރުކާރުން ހިންގާ މަޝްރޫއުތައް ފެންނަން ހުންނަ އައިލްސް ވެބްސައިޓްއަށް ނުވަދެވޭތާ ގިނަ ދުވަސްތަކެއްވެއްޖެއެވެ.

Advertisement

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހިންގާ އެ ވެބްސައިޓަށް ނުވަދެވޭތާ ވަނީ ތިން މަސް ދުވަހަށް ވުރެ ގިނަ ވެފައެވެ.

އައިލްސް ވެބްސައިޓުން ކޮންމެ އަތޮޅެއް އަދި ރަށެއްގައި ހިންގާ ހުރިހާ ޕްރޮޖެކްޓުތަކެއް ބަލައިވޭނެ ކަމަށް ސަރުކާރުން ހާމަކޮށްފައިވެއެވެ. އެ ޕްރޮޖެކްޓުތައް އޮތް ހިސާބު ވެސް އެ ވެބްސައިޓުން ފެނާނެ ކަމަށްވެސް ވަނީ ހާމަކޮށްފައެވެ.

ނަމަވެސް އެ ވެބްސައިޓުއަށް މިހާރު ނުވަދެވޭތާ 4 މަސް ދުވަހާ ކައިރިކުރަނީއެވެ. އެގޮތުން ވެބްސައިޓު އަޕްޑޭޓު ކުރަން ކަމަށް ބުނެ ސައިޓު މާޗް 18 ދުވަހު ޑައުން ކޮށްލި ގޮތަށް އަދިވެސް ސައިޓް ޑައުންކޮށްފައެވެ

މިކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު ހިނާ ވަލީދާ ސުވާލުކޮށްލުމުން އަދި ވަކި ޖަވާބެއް ލިބިފައިނުވެއެވެ.

އައިލްސް ޑައުންކޮށްލާފައިވަނި ޚަރަދު ކުޑަކުރުމަށް ކަމަށް ބުނެ ސަރުކާރު އައިސް އަތޮޅުތަކުގައި ހިންގަމުން ދިޔަ ތަރައްގީގެ މަޝްރޫއުތައް ހުއްޓާލުމަށްފަހު އެކަން ސިއްރުކުރަން ކަމަށް ގިނަ ބަޔަކު ތުހުމަތުކުރެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved