March 10, 2026
Advertisement
މާލޭގައި ހުރި އެފްއެސް ޝެޑެއް
މާލޭގައި ހުރި އެފްއެސް ޝެޑެއް / އެޑިޝަން.އެމްވީ

މާމެންދޫ އާއި ނިލަންދޫއަށް ވިއްކި ތެލުގައި ފެން ހުރިކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

Jul 16, 2024, 07:49 PM
މާލެ ސިޓީ

ގއ މާމެންދޫ އަދި ނިލަންދޫއަށް ވިއްކި ތެލުގައި ފެން ހުރި ކަމަށް ބުނެ މޯލްޑިވްސް ފިއުލް ސަޕްލައި ބަދުނާމުވާ ގޮތަށް ފެތުރި ޚަބަރު އެ ކުންފުނިން ދޮގުކޮށްފިއެވެ.

Advertisement

އެގޮތުން އެފްއެސްއެމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ކުންފުނިން ގއ މާމެންދޫ އަށާ އެ އަތޮޅު ނިލަންދޫއަށް ވިއްކި ތެލުގައި ގިނަ އަދަދަކަށް ފެން ހުރި ކަމަށް ބުނެ މީސްމީޑިއާގައި ދައުރުވަމުންދާ ޚަބަރަކީ ދޮގު ޚަބަރެއްކަމަށެވެ.

މީގެ އިތުރުން އެ ކުންފުނިން ވިއްކާ ތެލަކީ ފެންވަރު ރަނގަޅު ތެޔޮކަން ޔަގީން ކޮށްދިނުމަށް ފެނަށް ޓެސްޓު ކުރެވޭނެ އިންތިޒާމުވެސް އެ ކުންފުނީގެ ބާޖުތަކުގައި ހުންނާނެ ކަމަށް ވެސް ބަޔާނުގައި އެފްއެސްއެމުން ހާމަކޮށްފައިވެއެވެ.

ތެޔޮ ގަނެގެން ވިއްކާ ފަރާތްތަކުންވެސް ގަވާއިދުތަކާއި އެއްގޮތަށް ތެޔޮ ރައްކާ ކުރުމުގެ އިންތިޒާމު ހަމަޖެއްސުމަށާ ކަމާ ބެހޭ ފަރާތްތަކުގެ ލަފައާއި އެއްގޮތަށް އަމަލު ކުރުމަށް ވެސް އެފްއެސްއެމުގެ ބަޔާނުގައި އިލްތިމާސްކޮށްފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved