

މަސްވެރިންގެ ކަންބޮޑުވުން ތަކާ ގުޅޭ 12 ކަމެއް ރައިީސް އޮފިހަށް ހުށަހަޅައިފިއެވެ.
މަސް އޕޑި ފަހަރުގެ ބައެއް ކެޔޯލުން ހިމެނޭހެން މިއަދު ވަނީ އެފަރާތް ތަކުގެ ކަންބޮޑުވުން ތަކާއި ގުޅޭ 12 ކަމެއް ރައިސުލް ޖުމުހޫރިއްޔާއަށް ހުށަހެޅުމަށްޓަކައި ރައީސް އޮފީހަށް ގޮސްފައެވެ.
ޗެނަލް 13އަށް މައުލޫމާތު ދެމުން ކެޔޮޅުންގެ ފަރާތުން ހާމަކުރި ގޮތުގައި، މިފަހަރުވެސް ރައީސް އަރިހަށް އެފަރާތުން ދިޔައީ އެފަރާތްތަކަށް މި މަސައްކަތުގައި ހުރި ދަތިތަކަށް ހައްލެއް ލިބޭނެކަމުގެ ވަރަށް އުއްމީދުތަކާއިއެކު ގައި ކަމުގައެވެ.
އެންމެ މުހިއްމު ކަމަކަށް ފާހަގަކޮށްފައި ވަނީ ރައިސް ޑރ މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅާއި އެއްގޮތަށް މަސްކިލޯއެއް 20 ރުފިޔާއަށް ނުލިބޭ މައްސަލައެވެ. މިކަމާއި ގުޅިގެން މަަސްވެރިން ސުވާލުުކުރުމުން އެމަނިކުފާނު ވަނީ ފިނެންސް އާއި ވާހަކަ ދެއްކުމަށްފަހު އެ ކަންތައް ކޮށްދެއްވާނެ ކަމަށް ވިދާޅުވެ އަނެއްކާވެސް ވައުދުވެވަޑައިގެންފައެވެ. އެހެން ނަމަވެސް ސީދާ ކޮން ދުވަހެއް ކަމެއް ވިދާޅުވެފައި ނުވާ ކަމަށްވެސް ވަނީ މައުލޫމާތު ދީފައެވެ.
އެފަރާތްތަކަށް ހުރި ދަތިތަކުގެ ތެރޭގައި ފާހަގަކޮށްފައިވާ އަނެއްކަމަކީ އައިސް ނުލިބުމުގެ މައްސަލަ ކަމަށާއި، ހުވަދު އަތޮޅަކީ އެންމެ މަސްވެރި ސިނާއަތު ރަނގަޅު އަތޮޅުކަމަށްވާއިރު ހުވަދު އަތޮޅުގައިވެސް މިވަގުތު ބޭނުން ކުރެވޭ ހާލަތުގައި ހުރީ އެންމެ ދެ އައިސް ޕްލާންޓް ކަމަށާއި އެއީ ތިނަދޫ އަދި ދެއްވަދޫ ގައި ހުރި ޕްލާންޓް ކަމުގައި ވެސް ފާހަގަކޮށްފައިވެއެވެ.
ގައްދޫގައި ހުޅުވި އައިސް ޕްލާންޓް އެއް މަސްދުވަހު ހިންގުމަށްފަހު އެތަން ވެސް ވަނީ ބަންދު ކޮށްފައެވެ. އެ އަސިސް ޕްލާންޓްގައިވެސް ދިމާވެފައި ވަނީ ހަމައެކަނި ކުޑަ ކުޑަ ސެންސަރެއްގެ މައްސަލަ ކަމުގައިވެސް އެބޭފުޅުން ވަނީ ފާހަގަކޮށްފައެވެ.
ގައްދޫގެ އައިސް ޕްލާންޓްގައި ދިމާވެފާވާ މައްސަލަ ހައްލު ނުކުރެވޭތާ މިހާރު ވަނީ ހަ މަސް ދުވަސް ވެފައެވެ. މި ސެންސަރަކީ 50 ވަރަކަށް ރުފިޔާ އަށް ލިބޭ އެއްޗަކަށްވާއިރު އެވަރު މައްސަލައަކާއި ގުޅިގެން ބޮޑު އައިސް ޕްލާންޓެއް ބަންދުކޮށްފައި ބަހައްތަން ޖެހުމަކީ ވަރައް ދެރަ ކަންކަން ކަމުގެ ގޮތުގައި ފާހަގަކޮށްފައިވެސް ވެއެވެ.
މިފަދަ މައްސަލަ ތަކުގައި ވެސް ރައިސް ޑރ. މުއިއްޒު ދެއްވަނީ ވަރަށް ދޯދިޔާ ޖަވާބު ތަކެއްކަމުގައި ވަނީ ކެޔޮޅުން ހާމަކޮށްފައެވެ.
ހުވަދު އަތޮޅުގައި މަސް ކިރޭނެ އަދި އައިސް ލިބޭނެހެން ކޮންމެ 20 މޭލަކުން 20 މޭލަކުން ހަތަރު ޕޮއިންޓް ގާއިމުކުރުން އަދި މިއާއި އެކު ރައިސް މުއިއްޒުގެ ޑިޖިޓަލް ޒަމާނާއި އެއްގޮތް ވާނެހެން ކައްޓާތައް ވެސް ޑިޖިޓަލައިޒް ކޮށްދިނުމަކީވެސް އެބޭފުޅުންގެ ހުށައެޅުމެއްކެވެ.
މަސްވެރިންނަށް އެފްއެސްއެމް އިން ބޭނުން ވާ ވަރަށް ތެޔޮ ނުލިބޭ މައްސަލައަކީވެސް އެ ފަރާތް ތަކުގެ މަސައްކަތަށް ވަރަށް ބޮޑު ހުރަހެއް އެޅޭނެ މައްސަލައެއް ކަމުގައި ވަނީ ފާހަގަކޮށްފައެވެ. އަދި މިއާއި އެކު މިފްކޯއަަށް މަސްވެރިންގެ ތެޔޮ ލިބޭނެ ގޮތް ހަމަޖައްސަވައިފިނަމަ މިކަމަށްވެސް ހައްލެއް ލިބިގެން ދާނެ ކަމުގައި ވަނީ ފާހަގަކުރައްވާފައެވެ.
މި 12 ކަމުގައި ފާހަގަކޮށްފައިވާނީ ރައީސުލްޖުމްހޫރިއްޔާ އެއް އިރު ކޮފީ ބުއިމަށް ދާނެހާ ހަރަދުތަކާއި އެއްވަރު ހަރަދެއް ކަމުގައި ވެސް ކެޔޮޅުން ވަނީ ހާމަކޮށްފައެވެ.