
ފިއުލް ސަޕްލައި މޯލްޑީވްސް (އެފްއެސްއެމް)ގެ ބައުޒަރުން ތެޔޮ ހުސްވުމުން ހުޅުމާލެ ކަންނެލި ޖެޓީއިން ތެޔޮ ނޭޅޭކަމުގެ ޝަކުވާ ބޮޑުވެއްޖެއެވެ.
ބޮޑު ކަންނެލި ޔޫނިއަން ޖަމްއިއްޔާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ހުޅުމާލެ ކަންނެލި ޖެޓީއިން ތެޔޮ އެޅޭ ފަހަރަށް ވުރެ ގިނައީ ނޭޅޭ ފަހަރު ކަމަށާ އެކަމުގެ ސަބަބުން ގިނަ ދަތިތަކާ ކުރިމަތިވާ ކަމަށެވެ.
މަސްވެރި މިނިސްޓަރު އަހުމަދު ޝިޔާމްވެސް ޓެގްކޮށް ބައުޒަރުތަކުގެ ވީޑިއޯއާ އެކު ކޮށްފައިވާ އެ ޕޯސްޓުގައި ވަނީ މަސްވެރިންނަށް ނަމަކަށް ކަމެއް ކޮށްދިނުމުގެ ބަދަލުގައި އެފްއެސްއެމުގެ ބައުޒަރުތަކުން ޤަވައިދުން ހިދުމަތް ދެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ގޮވާލާފައެވެ.
އެފްއެސްއެމުގެ ބައުޒަރުތަކުން ހުޅުމާލެ ކަންނެލި ޖެޓީއިން މަސްދޯނިތަކަށް ތެޔޮ ނުލިބޭ މައްސަލައިގައި އެފްއެސްއެމްގެ ބަހެއް އަދި އެ ކުންފުނީގެ ބެލެނިވެރި ކުންފުނި އެސްޓީއޯގެ ބަހެއްވެސް ހޯދާލަން ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.










