March 17, 2026
Advertisement
ތަކެތީގެ އަގު ބޮޑުވަނީ، ސަރުކާރުން އަދިވެސް ދަނީ ވަޒީފާތައް ބަހާ ޚަރަދު ބޮޑުކުރަމުން!
ތަކެތީގެ އަގު ބޮޑުވަނީ، ސަރުކާރުން އަދިވެސް ދަނީ ވަޒީފާތައް ބަހާ ޚަރަދު ބޮޑުކުރަމުން! / ސޯޝަލް މީޑިއާ

ތަކެތީގެ އަގު ބޮޑުވަނީ، ސަރުކާރުން އަދިވެސް ދަނީ ވަޒީފާތައް ބަހާ ޚަރަދު ބޮޑުކުރަމުން!

Mar 16, 2026, 04:57 PM
މާލެ ސިޓީ

ގައުމުގައި ތަކެތީގެ އަގު އިންތިހާއަށް ބޮޑުވަމުންދާއިރު ވެސް ޚަރަދުތައް ކުޑަކުރުމުގެ ބަދަލުގައި ސަރުކާރުން ބަލަމުންދަނީ އަދިވެސް އިންތިހާބަށް ވަޒީފާތައް ބަހާ ޚަރަދު އިންތިހާއަށް ބޮޑުކުރެވޭތީ ކަމަށް ވިދާޅުވެ، ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސްގެ ނުރުހުން އަމާޒުކުރައްވައިފިއެވެ.

Advertisement

އައްބާސް މިފަދައިން ވިދާޅުވެފައިވަނީ، އެފްއެސްއެމުން އަމިއްލަ ވިޔަފާރިތަކަށް ވިއްކަމުން ގެންދާ ތެލުގެ އަގު ބޮޑުކުރުމުން އެކަމަށް އިޝާރާތްކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އައްބާސް ވިދާޅުވީ، ރާއްޖެއަށް ތެލުގެ އެއްވެސް ދަތިކަމެއް ނެތްކަމަށް ސަރުކާރުގެ ވެރިން ބުނެފައި ރައްޔިތުން ނިދާފައި ތިއްބާ އަނެއްކާވެސް ތެލުގެ އަގު ސަރުކާރުން ބޮޑުކޮށްފި ކަމަށެވެ.  އެގޮތުން ޑީސަލް ލިޓަރެއް 28.32 ރުފިޔާ އަށް ޕެޓްރޯލް ލިޓަރެއް 27.13 އަށް ރުފިޔާއަށް ބޮޑު ވެގެން  ގޮސްފައިވާކަން ފާހަގަކުރައްވާ އައްބާސް ވަނީ އޭގެ ސަބަބުން ތަކެތީގެ އަގު އަތް ނުފޯރާ ފަށަށް ގޮސް ރައްޔިތުން ވަރަށް ބިކަހާލުގައި ޖެހިގެންދާނެ ކަމަށް ވިދާޅުވެފައެވެ.

ސަރުކާރުން ވިއްކާ އެކި ބާވަތްތަކުގެ އަގު ބޮޑު ކުރަމުން ދާއިރު ހަރަދު ކުޑަ ކުރުމަށް އެއްވެސް ފިޔަވަޅެއް ވެރިން އަޅުއްވާ ތަން ނުފެންނަކަން ފާހަގަކުރައްވާ އައްބާސް ވަނީ .އޭގެ ބަދަލުގައި ފެނިގެން މިދަނީ ސަރުކާރުގެ ކުންފުނިތަކުން އެތައް ސަތޭކަ ވަޒީފާ އިއުލާންކޮށް ބޭކަރު އެތައް ހަރަދެއް ކުރާ މަންޒަރު ކަމަށް ވިދާޅުވެފައެވެ.

އައްބާސް މިފަދައިން ވިދާޅުވެފައިވާއިރު، ސަރުކާރުން ދަނީ ލޯކަލް ކައުންސިލް އިންތިޙާބާ ދިމާކޮށް ސަރުކާރުގެ އެކި ކުންފުނިތައް މެދުވެރިކޮށް ވަޒީފާތަކަށް ހުޅުވާލަމުންނެވެ. އެގޮތުން މިހާރުވެސް ގެއްލުމުގައި ހިނގާ އާރުޑީސީއަށް އެކަނިވެސް 175 އަކަށްވުރެ ގިނަ މުވައްޒަފުން ހޯދަން ވަނީ އިއުލާންކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved