March 17, 2026
Advertisement
އަމިއްލަ ވިޔަފާރިތަކަށް އެފްއެސްއެމުން ތެޔޮ ވިއްކާ އަގު ދެ ގުނަ މައްޗަށް!
އަމިއްލަ ވިޔަފާރިތަކަށް އެފްއެސްއެމުން ތެޔޮ ވިއްކާ އަގު ދެ ގުނަ މައްޗަށް! / ސޯޝަލް މީޑިއާ

އަމިއްލަ ވިޔަފާރިތަކަށް އެފްއެސްއެމުން ތެޔޮ ވިއްކާ އަގު ދެ ގުނަ މައްޗަށް!

Mar 16, 2026, 04:47 PM
މާލެ ސިޓީ

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ސަބްސިޑަރީ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)އިން އަމިއްލަ ވިޔަފާރިތަކަށް ތެލާއި ޑީސަލް ވިއްކާ އަގު އިންތިހާއަށް މަތިކޮށްފިއެވެ.

Advertisement

އެފްއެސްއެމުން އެކުންފުނިން ތެޔޮ ގަންނަ އަމިއްލަ ވިޔަފާރިވެރިންނަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، އެ ފަރާތްތަކަށް އެ ކުންފުނިން ވިއްކާ ޕެޓްރޯލާ ޑީސެލްގެ އަގު 16 މަރޗުން ފެށިގެން ބޮޑުކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ކުރިން އަމިއްލަ ވިޔަފާރިވެރިންނަށް 16.52 ރުފިޔާއަށް ވިއްކަމުން ދިޔަ ޑީސަލް ލީޓަރެއްގެ އަގު 27.22 ރުފިޔާއަށް ބޮޑުކޮށްފައިވާ ކަމަށާ 15.00 ރުފިޔާއަށް ލިބެމުންދިޔަ ޕެޓްރޯލް ލީޓަރެއްގެ އަގު ވަނީ 26.14 ރުފިޔާއަށް ބޮޑުކޮށްފައިވާ ކަމަށް އެފްއެސްއެމުން ވަނި އެ ވިޔަފާރިވެރިންނަށް އަންގާފައެވެ.

މީގެ ސަބަބުން އަތޮޅުތެރޭގެ ރަށްރަށަށް ވެސް ވަނީ ވަރަށް އަސަރު ބޮޑަށް ކޮށްފައެވެ. މި ބަދަލުގެ ސަބަބުން އަމިއްލަ ވިޔަފާރިވެރިން އެސްޓީއޯއިން ތެޔޮ ގަންނަންޖެހޭ އަގު ބޮޑުވުމާ ގުޅިގެން، އާންމުންނަށް ތެޔޮ ވިއްކާ އަގު މާލެ ސަރަހައްދަށްވުރެ އެތައް ގުނައެއް ރަށްރަށުގައި ބޮޑުވާނެއެވެ. އަދި ރައްޔިތުންނަށް ވެސް ބޮޑު ބުރައެއް އުފުލަން މަޖުބޫރުވެ، އަތޮޅު ތެރޭގައި ތަކެތީގެ އަގުތައް އުފުލެން މަގުފަހިވާނެއެވެ.

މީގެ އިތުރުން ދަތުރުފަތުރުގެ އަގުވެސް އަތޮޅު ތެރެއަށް ދެން އިންތިހާއަށް ބޮޑުވާނެއެވެ. 

ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީގައި ޕެޓްރޯލާއި ޑީސަލް ވިއްކާ އަގު ވަނީ ވަރަށް ބޮޑަށް މަތިވެފައެވެ. ހަމައެއާއެކު ރާއްޖޭގެ އުތުރުން ކުޅުދުއްފުށީ ސިޓީގައި ވެސް އަގުތައް އުފުލިފައިވާއިރު، ޕެޓްރޯލް ލީޓަރެއް ހުރީ 29.30 ރުފިޔާއަށެވެ. ޑީސަލް ވިއްކަނީ 29.51 ރުފިޔާއަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved