April 18, 2026
Advertisement
މެމްބަރު ފަލާހް
މެމްބަރު ފަލާހް / މަޖިލިސް

ސަރުކާރުގެ ދެފުށް ނުފެނިގެން، ވަޒީރުން މަޖިލީހަށް ހާޒިރު ކުރާތީ މެމްބަރު ފަލާހު ރުޅިގަދަވެއްޖެ!

Aishath Naja
އައިޝަތު ނަޖާ
Jul 18, 2024, 12:56 AM
މާލެ ސިޓީ

ދެފުށް ފެންނާނެ ކަމަށް ދައުވާ ކުރި ސަރުކާރުގެ ދެފުށް ނުފެންނާތީ ސަރުކާރުގެ ވަޒީރުން ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރާ ކުރުން ޕީއެންސީ ޕީޖީ ގްރޫޕްގެ ލީޑާރ އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ފަލާހް ކުށްވެރިކޮށްފިއެވެ.

Advertisement

މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާ އަށް ހާޒިރުވެވަޑައިގެންނެވީ ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން މިނިސްޓަރު އަބްދުﷲ ރާފިއުއެވެ.

ރާފިއު މަޖިލިހަށް ހާޒިރުވެވަޑައިގެންނެވީ ބ. ކުޑަރިކިލު، ބ. ކަމަދޫ، ބ. ކިހާދޫ އަދި ބ. ދޮންފަނުގެ ފުޓްބޯޅަ ދަނޑާ ގުޅޭ ގޮތުން ކެންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މައުރޫޒް ޒާކިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވުމުގެ ގޮތުންނެވެ.

ރާފިއުއާ ސުވާލު ކުރެއްވުމަށް ފަލާހަށް ލިބިވަޑައިގެންނެވި ފުރުސަތުގެ ތެރޭގައި ވިދާޅުވީ ރާފިއު މަޖިލިހަށް ހާޒިރު ކުރަނީ އާދައިގެ ކުދިކުދި ކަންކަމުގައި ކަމަށާއި އެކަންކަން ހުއްޓާލަން ޖެހޭ ކަމަށެވެ.

މަޖިލީހުގައި ތިއްބަވާ އިދިކޮޅުގެ މެމްބަރުން ސަރުކާރު ޖަވަބުދާރީ ކުރުމަށްޓަކައި ކުރާކަންކަމަށް ފަލާހް އަންނަނީ ހުރަސްއަޅަމުންކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved