May 1, 2026
Advertisement
ޑރ ޖަމީލް
ޑރ ޖަމީލް / ތޭރަ އޮންލައިން

ރައީސް މުއިއްޒު ދައުލަތް ދޫ މި ކުރީ ނާގާބިލް މީހުންގެ އަތްމައްޗައް: ޑރ ޖަމީލް

Aishath Naja
އައިޝަތު ނަޖާ
Jul 23, 2024, 05:26 PM
މާލެ ސިޓީ

ރައީސް ޑރ މުހައްމަރު މުއިއްޒު ދައުލަތް ހިންގަން ދޫކޮށްފައިވަނީ ނާގާބިލް ފަރާތްތަކަށް ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ފާޑުވިދާޅުވެެއްޖެއެވެ.

Advertisement

ޑރ ޖަމީލް މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ހާލަތު އޮތް ގޮތް ވެސް ސާފުކަމަށެވެ.

މިއީ ރައީސް މުއިއްޒުގެ ސަރުކާރުގެ ސްޓާރުންގެ ހާލަތު އޮތްގޮތް ކަމަށް ވިދާޅުވެ ޑރ ޖަމީލް ވަނީ ފާޑުކިޔުން އަމާޒުކޮށްފައެވެ.

ގައުމު މިއޮތީ އަރައިނުގަނެވޭނެ ހާލަތެއްގައި ކަމަށް ވެސް ޑރ ޖަމީލް ވަނީ ވިދާޅުވެފައެވެ.

މި ސަރުކާރުގެ ސިޔާސީ މަގާމްތަކުގައި ނާގާބިލް ފަރާތްތައް ތިބުމުން ގިނަ ބައެއްގެ ނުރުހުން އަންނަނީ ސަރުކާރަށް އަމާޒުވަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved