March 10, 2026
Advertisement
ޑރ ޖަމީލް އަހްމަދު
ޑރ ޖަމީލް އަހްމަދު / ސޯޝަލް މީޑިއާ

ތަރައްގީ ކުރަނީ ގައުމެއް ނޫން، ތަރައްގީ ކުރަނީ މީހާގެ ސިފަ: ޖަމީލް

Aminath Zara
އައިމިނަތު ޒާރާ
Jul 28, 2024, 12:54 AM
މާލެ ސިޓީ

އިޤްތިޞާދީ ގޮތުން ގައުމު އަނދަވަޅަކަށް ވެއްޓިފައިވާ ދަނޑިވަޅެއްގައި ގައުމު ނެގެހެއްޓުމުގެ ބަދަލުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު "ގްރޫމިންގ" ކުރިއަށް ގެންދަވާ ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް ފާޑުވިދާޅުވެއްޖެއެވެ.

Advertisement

ޖަމީލް އެކްސްގައި ޕީއެންއެފްގެ ސެކްރެޓަރީ މަލީހް ޖަމާލް ކުރެއްވި ޕޯސްޓެއް ޝެއަރކޮށް ވިދާޅުވެފައިވަނީ ރައީސްގެ ފަރާތުން މިފަދަ ސިފަތައް ފެނިގެން ދިޔުމަކީ ގައުމު ކޮންމެވެސް އެއް ރޮނގަކުން ތަރައްގީވުން ކަމުގައެވެ.

މީގެ އިތުރުން، ރައީސް އޮފީހުގައި އާއި ސަރުކާރުގެ އިސް ސަފުގައި މަސައްކަތްކުރާ ރައީސްގެ އާއިލީ ބޭފުޅުންނާއި އަރިސް ބޭފުޅުންތައްވެސް ހަަމަ ބީދައިން ތަރައްގީކޮށްފައިވާ ކަމަށް ޖަމީލް ބުނެފައިވެއެވެ.

ގައުމު ވެއްޓިފައިމިވާ އިގުތިސާދީ ވެއްޓުމުން އަރައިގަންނަން ސަރުކާރުން އެކަށޭނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާތަނެއް ނުފެނެއެވެ. ހައްތަހާވެސް ޕޯޑިއަމްތަކަށް އަރާ ހެޑްލައިން ހެދުން ނޫން ކަމެއް މި ސަރުކާރުން ކުރަމުން އަންނަ ތަނެއް ނުފެނެެއެވެ. ގައުމުގެ މިފަދަ ހާލަތުގައިވެސް ސިޔާސީ މަންފާތަކަށް ދައުލަތުގެ ބަޖެޓުން ބޮޑެތި ހޭދަތައް ކުރައްވަމުން ގެންދަވާކަން އަންނަނީ ހާމަވަމުންނެެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved