March 11, 2026
Advertisement
ރައީސް ޔާމީން، ޕީއެންއެފް ޖަލްސާގައި
ރައީސް ޔާމީން، ޕީއެންއެފް ޖަލްސާގައި / ތޭރަ އޮންލައިން

މި ސަރުކާރުގެ ސިޔާސަތުތައް ދުވަނީ ނަންނުގައްޗެއްހެން: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Jul 28, 2024, 08:16 PM
މާލެ ސިޓީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ސިޔާސަތެކޭ ނަންނުގައްޗެއްގެ ދުވުމެކޭ އެއްފަދަ ކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމީންގެ ފާޑުކިޔުން ސަރުކާރަށް އަމާޒުކުރައްވައިފިއެވެ.

Advertisement

މިދިޔަ ބުރާސްފަތި ދުވަހުގެރޭ ދަ ފްރޮންޓް އޮފީހުގައި ބޭއްވި ޖަލްސާގައި ޕީއެންއެފްގެ ރައީސް ޒޭން ޔާމީންއަށް އަމާޒުކުރެއްވި ސުވާލެއްގެ ތެރެއިން ރައީސް ޔާމީން ވަނީ ގައުމުގެ ކަންކަން ކުރިއަށްދާ ގޮތާ އަދި ސަރުކާރުގެ ސިޔާސަތުތަކުގެ ދެ ފުށް ނުފެންނާތީ އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެގޮތުން ރައީސް ޔާމީން ވަނީ ރައްޔިތުންނާ ހަމައަށް ގެންނަ ސިޔާސަތުތައް ވާން ޖެހޭނީ، އެކަމާ މެދު ވިސްނައި، އޭގައި ސާބިތުވެ ހުރެވޭ ފަދަ ސިޔާސަތުތަކަކަށް ކަމަށް ވިދާޅުވެފައެވެ. އެހެން ނޫން ނަމަ، ދިވެހިން އަބަދުވެސް އުޅެން ޖެހޭނީ ވަރަށް ދަތި މަރުހަލާއެއްގައި ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.

ސަރުކާރުގެ ކޮންސިސްޓެންސް ބަދަލެއް ނުކުރާނެ. މިހާރު މިދަނީ ނަންނުގައްޗެއް ހެން. ދާ އެއް މިސްރާބަށް ދޭ ތޯ ނުދޭތޯ ސުވާލު އުފައްދަން ޖެހެނީ. އިގްތިސޯދު ނޭގޭ މީހަކު އަރާ ރާއްޖެ ބަނގުރުޓޫ ނުވެޔޭ ބުންޏަށް ރައްޔިތުން އުފާވާން ނުޖެހޭ

ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވި ގޮތުގައި ހަރަދު ކުޑަކުރަން ގަރުދިޔަ އާއި ބަތް ކާން ރައްޔިތުންނަށް އެންގުމުގެ ބަދަލުގައި ކިޔައިދޭންވީ، އެކަމަށް އަޅަން ޖެހޭނެ ފިޔަވަޅުތަކެވެ. މާލީ ގޮތުން އަޑިއަޅާލާފައިވާ ކަމާއި ހަރަދު ކުޑަކުރަން ޖެހޭ ކަމަށް ބުނެ ދެން އިއުލާންކުރަނީ، އަނެއްކާވެސް ކޮންމެވެސް ކަމަކަށް ކުރިއަށް އޮތް އަހަރުގެ ބަޖެޓުގައި ފައިސާ ހިމަނާނެކަން ކަމަށް ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved