May 1, 2026
Advertisement
ކުރީގެ ނައިބު ރައީސް ޖަމީލް
ކުރީގެ ނައިބު ރައީސް ޖަމީލް / ސޯޝަލް މީޑިއާ

އެ އިރަކު ވެރިކަމުގައި ހުންނެވި ވެރިޔަކު މޮޑޭ ފުއްގަނޑަކަށް ދައުވާކުރުމުގެ ނިޒާމް ހަދައިފި: ޑރ ޖަމީލް

Aishath Naja
އައިޝަތު ނަޖާ
Jul 29, 2024, 05:12 PM
މާލެ ސިޓީ

މިނިވަން ޕްރޮސެކިޔުޝަނެއް ފެންނަން ނެތްކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީިސް ޑރ މުހައްމަދު ޖަމީލް އަހުމަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

Advertisement

ޑރ ޖަމީލް މިފަދައިން ވިދާޅުވެފައި ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން އެ ޕޯސްޓްގައި އެމަނިކުފާނު އިތުރަށް ވިދާޅުވީ މުޅިންވެސް އެ އިރަކު ވެރިކަމުގައި ހުންނަ ވެރިޔަކު މޮޑޭ ފުއްގަނޑަކަށް ދައުވާ ކުރުމުގެ ނިޒާމް ހަދާފައިވާކަމަށެވެ.

ޕީޖީ ހުސައިން ޝަމީމްގެ "މެލީޝިއަސް ޕްރޮސެކިޔުޝަން" ގެ ސަބަބުން ނުހައްގުން 3 އަހަރު ޖަލުގައި ރައީސް ޔާމީން ހޭދަކުރައްވަން ޖެހިވަޑައިގަން ކަމަށް ވިދާޅުވެ ޑރ ޖަމީލް ވަނީ ޕީޖީ ޝަމީމް އަށް ފާޑު ވިދާޅުވެފައެވެ.

ދައުވާތައް އަނބުރާ ނެގެމާއި އިސްތިއުނާފް ކުރުމާއި ނުކުރުމުގައި އެއްވެސް ޕްރޮސެސް އެއް ނުގެންގުޅުއްވާކަމަށް ވެސް ޑރ ޖަމީލް ވަނީ ޕޯސްޓްގައި ފާހަގަކުރައްވާފައެވެ.

މި ސަރުކާރުން ވެރިކަމަށް އައުމުގެ ކުރިން ޝަމީމް މަގާމުން ވަކި ކުރުމަށް ގޮވާލެއްވި ނަމަވެސް ވެރިކަމަށް އައުމަށްފަހު ޝަމީމް އޭނާގެ މަގާމުގައި ބަހައްޓާފައިވާތީ ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

ކޮމެންޓު
ކޮމެންޓްތައު
ފުރޭތަ
Jul 29, 2024, 06:19 PM
ބަލަ ސަރުކާރުން ބޭނުންވަނީ ޔާމީނުޖަލުގައިބަހަށްޓަން
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved