20 ވަނަ ރައްޔިތުންގެ މަޖިލިހަސް މެމްބަރުން އައްޔަން ކުރުމަށް ބާއްވާ އިންތިހާބު ރަމަޟާން މަހު ބާއްވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނުފޫަޒުންކަމަށް އެމްޑީޕީއިން ބުނެފިއެވެ.
އެ ޕާޓީއިން މިފަދައިން ބުނެފައިވަނީ ބުދަ ދުވަހުގެ ރޭ އެމްޑީޕީއިން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު (އިބުރޭ)އެވެ.
އިބުރޭ ވަނީ ރައީސް ޑރ. މުއިއްޒަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ. އެގޮތުން އިބުރޭ ވަނީ މަޖިލީސް އިންތިޚާބުގައި ރައްޔިތުން ވޯޓުލާން ނިކުމެދާނެތީ، ރައީސް ޑރ. މުއިއްޒު ރާއްޖޭގެ އިލެކްޝަން ކޮމިޝަން (އީސީ)އަށް، ނުފޫޒު ފޯރުވަމުންދާ ކަމުގެ ތުހުމަތުތައް ކުރައްވާފައެވެ.
އިބުރޭ ވިދާޅުވީ ރައީސް މުއިއްޒު ގިނަ ބަޔަކަށް ވޯޓުލެވޭނެ މަގު ފަހިކުރައްވަން ބޭނުންފުޅުނުވާ ކަމަށެވެ. އެ ތުހުމަތުތައް ކުރައްވާ ސަބަބެއްކަމުގައި އިބުރޭ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ގުޅިގެން ބޭއްވި ކޮމިޓީގެ ފުރަތަމަ ބަދައްލުވުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކުން ރަމަޟާން މަހު އިންތިޚާބު ނުބޭއްވުމަށް އެދިފައިވާއިރު އެކަމާ ދެކޮޅު ހެދީ ސަރުކާރު ތަމްސީލުކުރަން ކޮމިޓީގައި އިންނެވި މެމްބަރު ކަމަށްވުމުން ކަމަށެވެ.
އެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކުން ވެސް އެދުނީ އިލެކްޝަންސް ކޮމިޝަނުގައި ރޯދަ މަހުގެ ފަހުން އިންތިޚާބު ބާއްވާ ދިނުމަށް. ޕާޓީތަކުން ވެސް އެދުނީ އެނގޭތޯ؟ އެގޮތަށް ހުރިހާ ފަރާތްތަކުން އެދިފައި އޮއްވާ ސަރުކާރުން ރައީސް މުއިއްޒުގެ ނުފޫޒުގައި އިލެކްޝަންސް ކޮމިޝަނުން ނިންމީ މާރޗް މަހުގެ 17 ވަނަ ދުވަހު އިންތިޚާބު ބާއްވަން. މުއިއްޒުގެ އެންމެ ބޮޑު ބޭނުމަކީ މި އިންތިހާބުގައި ވޯޓުލާ މީހުންގެ އަދަދުތަކެއް މަދުކޮށް، އެހެންވީމާ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ މިކަހަލަ އަމަލުތަކެއް ހިންގާ އަދި މި ދެންނެވި ލަފާދޭ ކޮމިޓީގައި ތިއްބެވި ހުރިހާ ފަރާތްތަކުން އެދުނީމައިވެސް އެ ލަފާ އިލެކްޝަންސް ކޮމިޝަނުން ގަބޫލު ނުކުރުމުން، އޭގެ ފަހުން އެމްޑީޕީއިން އެ ބައްދަލުވުންތަކުގައި ބައިވެރިއެއް ނުވަން.
ރޯދަ މަހުގެ ތެރޭގައި އިންތިހާބު ބާއްވައިފިނަމަ ވޯޓާސް ޓާން އައުޓް ނުވަތަ ވޯޓުލާ މީހުންގެ ނިސްބަތް ދަށްވާނެކަމަށް ފާހަގަކޮށް ސިޔާސީ ޕާޓީތަކުން ކަންބޮޑުވުން ފާޅު ކުރަމުން އަންނަ މި ދަނޑިވަޅުގައި އިބުރޭ ވިދާޅުވީ ގިނަ ރައްޔިތުން ނިކުމެ ވޯޓުލާން ސަރުކާރުން ބޭނުން ނުވާކަމަށެވެ. ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި އެ ދުވަސް ކަނޑައެޅުމުން މައްސަލަ ހައްލުވާނެކަމަށް ބުނި ނަމަވެސް، އަމިއްލަ ތަންތަނުގައި މަސައްކަތް ކުރާ ފަރާތްތަކަށް މި ފަސޭހަ ނުލިބޭކަން އިބުރޭ ފާހަގަކުރެއްވިއެވެ.
ސަރުކާރުން ކަންކަމަށް ނުފޫޒު ފޯރުވަމުންދާތީ އާ ސަރުކާރުގެ ސިޔާސަތުތައް ކަމު ނުގޮސްގެން މިހާރު އެމްޑީޕީއާ އެމްޑީޕީގެ ސިޔާސަތުކަމު ނުގޮސްގެން އެމްޑީޕީ ތެެރއިން ނުކުތް އުފެއްދި ދަ ޑިމޮކްރެޓްސް އިން ވަނީ މަޖިލިސް ތެރެއިން އެކުގައި މަސައްކަތްކުރުމަށް ނިންމާފައެވެ.