April 9, 2026
Advertisement
ޕީއެންސީ ޕީޖީ ގްރޫޕު
ޕީއެންސީ ޕީޖީ ގްރޫޕު / ސޯޝަލް މީޑިއާ

ރައީސް މުއިއްޒު ޑިފެންސް މޯޑަށް ވެއްޓިވަޑައިގެންފި، ހުރިހާ އެމްޕީއިންވެސް ޓީވީއަށް އަރަން އަމުރުކުރައްވައިފި

Aug 1, 2024, 06:25 PM
މާލެ ސިޓީ

އެމަނިކުފާނުގެ ސަރުކާރު ދިފާއުކޮށް ވާހަކަ ދެއްކުމަށް ޓީވީ ޕްރޮގްރާމުތަކަށް އަރާ ވަޑައިގަތުމަށް ރައްޔިތުންގެ މަޖިޅީހުގެ ޕީއެންސީގެ ހުރިހާ މެމްބަރުންނަށް ރައީސް މުހައްމަދު މުއިއްޒު އަމުރުކުރައްވައިފިއެވެ.

Advertisement

ރައީސް މުއިއްޒުއާ އެކު އެމްޕީން ތިއްބަވާ ކޮމިއުނިކޭޝަން ގްރޫޕެއްގެ ސްކްރީން ޝޮޓެއް ތޭރަ އޮންލައިނަށް ވަނީ ލިބިފައެވެ.

އެ ސްކްރީން ޝޮޓުން ހާމަވާގޮތުގައި، ރައީސް މުއިއްޒު ވަނީ ރައީސް އޮފީހުގެ ޕީއާރު ހެޑް ޚާލިގެ އިސްނެގުމާއެކު ޓީވީ ޕްރޮގްރާމުތަކަށް އަރަން މީހުން ހަމަޖައްސަމުން ދާއިރު އެމްޕީއިންގެ އެއްބާރުލުން ދިނުމަކީ އެމަނިކުފާނުގެ ވަރަށް ބޮޑު އެދުމެއް ކަމަށާ އެމަނިކުފާނަށް ސަރުކާރަށް މިކަމުގައި އެމްޕީއިން އެހީތެރިވުމަށް ރައީސް މުއިއްޒު އެދިވަޑައިގެންފައިވެއެވެ.

އެމްޕީންނަށް ރައީސް މުއިއްޒު ފޮނުއްވި މެސެޖުގެ ސްކްރީން ޝޮޓެއް
އެމްޕީންނަށް ރައީސް މުއިއްޒު ފޮނުއްވި މެސެޖުގެ ސްކްރީން ޝޮޓެއް

ހަމަ އެހެންމެ މިހާރު ޓީވީ ޕްރޮގްރާމުތަކުން ފެންނަމުން ދަނި އެއް މޫނުތަކެއް ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ވަނީ އެކަން ތަކުރާރު ނުކުރެއްވުމަށްވެސް އެދިވަޑައިގެން ހުރިހާ މެމްބަރުންވެސް ޓީވީ ޕްރޮގްރާމުތަކަށް އަރާ ވަޑައިގެން ސަރުކާރު ދިފާއުކުރެއްވުމަށް އަމުރުކުރައްވާފައެވެ.

މިފަދަ ގޮތަށް މިކަން ހާމަވެފައި މިވަނީ، ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރާ މަޖިލިސް މެމްބަރުންތަކެއް ޕީއެންސީގައި ތިބިކަމަށާ އެ ފަރާތްތަކުން ޓީވީއަށް އަރާ ރައީސް ޔާމީނަށް ރައްދުދޭން ދެކޮޅު ހަދަމުންދާތީ ރައީސް މުއިއްޒު ކޯފާ އިސްކުރައްވާ އެ ފަރާތްތަކަށް ޓީވީ އަށް އަރަން މަޖްބޫރުކުރަމުންދާ ކަމަށް ބުނާ އަޑުތަކެއް ވެސް ގަދަވެފައިވަނިކޮށްކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved