March 10, 2026
Advertisement
ގާޒާގައި ޕޯލިއޯ ފެތުރުން
ގާޒާގައި ޕޯލިއޯ ފެތުރުން / ސޯޝަލް މީޑިއާ

ގާޒާގައި ޕޯލިއޯ ނުރައްކާތެރި މިންވަރަކަށް ފެތުރެމުން ދަނީ

Aminath Zara
އައިމިނަތު ޒާރާ
Aug 2, 2024, 07:58 PM
މާލެ ސިޓީ

ގާޒާ ސްޓްރިޕް ގައި ޕޯލިއޯ ފެތުރެމުންދާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފިއެވެ.

Advertisement

ގާޒާގެ ހެލްތް މިނިސްޓްރީން އާންމު ކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ޕޯލިއޯ ބަލި ގާޒާގައި ފެތުރެމުން ދިއުމަކީ އާންމު ސިއްހަތައް ހުރި ބޮޑު ނުރައްކަލެއް ކަމަށާއި، ބަލި ކޮންޓްރޯލް ނުކުރެވިއްޖެ ނަމަ އަވަށްޓެރި ގައުމު ތަކަށް ބަލި ފެތުރުމުގެ ނުރައްކާ އޮތް ކަމުގައެވެ.

އެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި ޕޯލިއޯ ގާޒާ އިން ބަލި ފެންނަން މެދުވެރިވީ އިޒްރޭލުން ގާޒާގައި ހިންގަމުންދާ ހަނގުރާމައިގެ ސަބަބުން އާންމު ސާފު ތާހިރު ކަން ގެއްލުމުގެ ސަބަބުން ކަމަށެވެ.

އަދި ގާޒާ އިން ޕޯލިއޯ ފެނުމަކީ ދުނިޔޭން މި ބަލި ނައްތާލުމަށް ބައިނަލް އަގްވާމީ ފެންވަރުގައި ކުރެވެމުންދާ މަސައްކަތައް ފަހަތައް އެޅުނު ފިޔަވަޅެއް ކަމަށް ވެސް ގާޒާ ގެ ހެލްތް މިނިސްޓްރީން ބުނެފައިވެއެވެ.

ގާޒާ އިން ޕޯލިއޯ ވައިރަސް ފެނުމާއެކު ޑަބްލިޔުއެޗްއޯ އިން ބުނެފައިވަނީ ޕޯލިއޯ ވެކްސިންގެ އެއް މިލިއަން ޑޯޒް ގާޒާ އަށް ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ގާޒާ އަށް ބޭނުންވާ އެހީގެ ތަކެއްޗާއި ބޭހާއި އާންމު ސާފު ތާހިރު ކަމަށް ބޭނުންވާ ތަކެތި އެ ތަނަށް އެތެރެ ކުރުމުގައި ވެސް އިޒްރޭލް ސިފައިން ގެންދަނީ ހުރަސް އަޅަމުންނެވެ.

ފަލަސްތީނުގެ ސިއްހީ އޮފިޝަލުން ހާމަ ކޮށްފައިވާ ގޮތުގައި ޓެންޓް ތަކުގައި ތޮއްޖެހިގެން ގިނަ އަދަދެއްގެ ބަޔަކު އުޅެން ޖެހުމުގެ ސަބަބުން، ރައްކާތެރި ގޮތުގައި ނަޖިސް ނައްތާލެވޭނެ ގޮތެއް ވެސް ނެތް ކަމަށާއި، ގާޒާ ގެ ނަޖިސްފެން ޓްރީޓް ކުރާ ނިޒާމުވެސް ތެޔޮ ހުސްވެގެން ހުސްވި ހަފްތާ އިން ފެށިގެން ނިއްވާލާފައިވާ ކަމުގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved