May 1, 2026
Advertisement
ޑރ ޖަމީލް
ޑރ ޖަމީލް / ތޭރަ އޮންލައިން

ޑރ. ޖަމީލު ރައީސް މުއިއްޒަށް: މުޅި ފައުޖު ނެރެ ޑިފެންސަށް ކުޅެން ފެށުމުން ސިޔާސީ ގޮތުން ހަންބޯ ނޫންކަންވެސް އެނގިއްޖެ

Mariyam Isaadha
މަރިޔަމް އިސާދާ
Aug 3, 2024, 05:41 PM
މާލެ ސިޓީ

ރައީސް މުހައްމަދު މުއިއްޒަކީ ސިޔާސި ގޮތުން ވެސް ހަންބޯ ބޭފުޅެއް ނޫންކަން އެނގިގެން ހިނގައްޖެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް މުއިއްޒު، ހަޔާތުގެ ބައިވެރިކައަށް ހައްދަވަން މެޑަމް ސާޖިދާ މުހައްމަދު ނިންމެވި ނިންމެވުމުގެ ތެރޭގައި އެމަނިކުފާނުގެ ސިފައިގެ ބައެއްކަންކަން ހިމެނޭކަމަށް ވިދާޅުވި ވިދާޅުވުމާ ގުޅުވާ ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލުވަނީ ބުރާސްފަތި ދުވަހުގެ ރޭ އޮތް ދަ ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަ ދައްކަވާފައެވެ.

އެކަމާ ގުޅިގެން ސަރުކާރުގެ ވެރިން މެދުވެރިކޮށް މީސް މީޑިޔާގައި ރައީސް މުއިއްޒު ޕޯސްޓުތައް ކުރުއްވަވަމުން ގެންދަވާތީ އެކަމަށް ފާޑުވިދާޅުވެ ޑރ. ޖަމީލު ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.

ޕޯސްޓުގައި ޑރ. ޖަމީލު ވަނީ، ރިޔާސީ އިންތިހާބުގައި ވޯޓު ހޯއްދަވަން، ރައީސް މުއިއްޒުއާ އާއިލާއިންވެސް ކޫލް ވާހަކަތަކެއްގެ ގޮތުގައި ދެއްކެވި ވާހަކަތައް މިއަދު ހަމަ އެގޮތަށް އެހެން ބަޔަކު ދެއްކުމުން ހަޖަމް ކުރަން އުނދަގޫ ވެގެން ނުވާނެކަމަށް ވިދާޅުވެފައެވެ.

އެ ވާހަކަތަކަކީ އެއީ ޕަބްލިކްގައި ހުރި ވާހަކަތަކަކަށްވާއިރު އެ ވާހަކަތައް އެބޭފުޅުން ހިތްހަމަ ނުޖެހޭ ބަޔަކު ދެއްކީތީ، މުޅި ފައުޖު ނެރެ ޑިފެންސަށް ކުޅެން ފެށުމުން އެނގިގެން ދަނީ ރައީސް މުއިއްޒަކީ ނާގާބިލު ވެރިއެއް ކަން ކަމަށާ އެމަނިކުފާނަކީ ސިޔާސީ ގޮތުން ހަންބޯ ބޭފުޅެއް ނޫންކަން ކަމަށްވެސް ޑރ. ޖަމީލު ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved