April 18, 2026
Advertisement
ބޮމުގެ ހަމަލާއަކަށް ފަހު ނަގާފައިވާ ފޮޓޮއެއް
ބޮމުގެ ހަމަލާއަކަށް ފަހު ނަގާފައިވާ ފޮޓޮއެއް / ސޯޝަލް މީޑިއާ

ސްނައިޕަރަކުން އަމާޒުކޮށް ޚާން ޔޫނިސްގެ ހޮސްޕިޓަލަކަށް ހަމަލާދީފި

Fathmath Reem
ފާތުމަތު ރީމް
Jan 26, 2024, 06:42 PM
ފަލަސްޠީން

ސްނައިޕަރަކުން އަމާޒުކޮށް ފަލަސްތީނުގެ ސިޓީއެއް ކަމަށްވާ ޚާން ޔޫނިސްގެ ހޮސްޕިޓަލަކަށް ހަމަލާދީ އެތައް ބަޔަކު ޝަހީދު ކޮށްލައިފިއެވެ.

Advertisement

ޔަހޫދީ އިސްރާއިލުން ގެން ދިޔައީ އަލް އަމާލް ހޮސްޕިޓަލުން ނިކުންނަ ފަލަސްތީނުގެ ރައްޔިތުންނަށް ސްނައިޕަރުން މެދުވެރިކޮށް ބަޑިޖަހާ ހަމަލާތައް ދެމުންނެވެ. އަދި ހަމައެހެންމެ އިސްރާއިލުން ދަނީ ޚާން ޔޫނިސްގެ ރެފިއުޖީ ކޭންޕުތަކަށާއި އާންމުން އުޅޭ ތަންތަނަށް ކެއްތެރިކަމެއް ނެތި އެމީހުންގެ އާޓިލަރީ ބޮންތައް ބޮއްވާލަމުންނެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި މުޅި އެންކްލޭވްގައި 183 މީހުން ވަނީ ޝަހީދުވެފައެވެ. އަދި 377 މީހުންނަށް ވަނީ އެކި ވަރުގެ އަނިޔާތަށް ލިބި ޒަޚަމްވެފައިވެއެވެ.

އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ އަނިޔާވެރި ހަމަލާތަކުގައި 2600 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ އިރު މި ހަމަލާތަކުގައި އެކި ވަރުގެ އަނިޔާތަށް ލިބި 64،487 މީހަކު ވަނީ ޒަޚަމްވެފައެވެ. މީގެ ތެރޭގައި ގިނައީ ކުޑަކުދިން ކަންވެސް ފާހަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved