March 29, 2026
Advertisement
ޑރ. އަބްދުﷲ ޕީއެންއެފް ޖަލްސާގައި.
ޑރ. އަބްދުﷲ ޕީއެންއެފް ޖަލްސާގައި. / ތޭރަ އޮންލައިން

ޑރ. އަބްދުﷲގެ ޗެލެންޖެއް ޕީއެންސީއަށް: ފްރީ ރައީސް ޔާމީން ޕޯޑިއަމްގައި ޖަހާލަން ކެރޭނެތަ؟

Mariyam Isaadha
މަރިޔަމް އިސާދާ
Jan 26, 2024, 11:06 PM
މާލެ ސިޓީ

ޕަބްލިކު ފޯރަމްއެއް ގޮތަށް ޖަލްސާތައް ބާއްވަމުން ޕީޕަލްސް ނެޝަނަލް ފްރޮންޓު(ޕީއެންއެފް)އިން ގެންދާ ދިއުން ނަކަލު ކޮށް ސަރުކާރުން ފޯރަމްތައް ބާއްވަމުންދާތީ، އެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ޑރ. އަބްދުﷲ އިބްރާހިމުގެ ވަރުގަދަ ޗެލެންޖެއް ސަރުކާރަށް އަމާޒުކުރައްވައިފިއެވެ.

Advertisement

ޑރ. އަބްދުﷲގެ ޗެލެންޖެއް ސަރުކާރަށް އަމާޒުކޮށްފައިވަނީ ރައީސް ޔާމީންގެ ތާއީދާ އެކު ކުރިއަށް އޮތް މަޖިލީސް އިންތިހާބަށް ކުރިމަތިލާން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކެންޑިޑޭޓުން ތައާރަފު ކުރުމަށް ދަ ފްރޮންޓް އޮފީހުގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ޑރ. އަބްދުﷲ ވިދާޅުވީ ބައެއްގެ ކަމެއް ނަކަލު ކުރަންޏާ އެކަމެއް ނަކަލު ކުރަންވާނީ ރަގަޅަށް ކަމަށާ އެހެންކަމުން ސަރުކާރު ތަމްސީލުކުރާ ފޯރަމްތަކުގައި ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލަން ކެރޭނެތޯ ޑރ. އަބްދުﷲ ވަނީ އައްސަވާފައެވެ.

ސަރުކާރު ކޮޕީ ކުރަން ވަރަށް މޮޅޭ. ތިބޭފުޅުންގެ ޕޯޑިއަމްގައި ފްރީ ރައީސް ޔާމީން ޖަހާލަން ކެރޭނެތޯ؟ ކޮޕީ ކުރަންޏާ ކޮޕީ ކުރަންވާނީ ރަގަޅަށް. އޭރުން އަޅުގަޑުމެން އަތް ޖަހާނަމޭ.

ޑރ. އަބްދުﷲ

ޑރ. އަބްދުﷲ އިތުރަށް ވިދާޅުވީ ހަމައެކަނި ހެދުން ތުރު ކުރެއްވުމުގައި ހަމަ ގެންގުޅުއްވާ ބޭފުޅުން ބަލާ، ޑެޕިއުޓީ މިނިސްޓަރުން އައްޔަން ކުރުމަކުން ނުފުދޭ ކަމަށާ ކަމަށް ގާބީލު ބޭފުޅުން ކަންކަމަށް އައްޔަންކޮށްގެން މެނުވީ ސަރުކާރު ހަމަ އިސްކޮޅަށް ނުތެދުވެވޭނެ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved