ޓީވީ ސްޓޭޝަންގެ އަޕްގްރޭޑިންގް މަސައްކަތަކަށް 5 ދުވަހަށް "ޗެނަލް 13" މެދު ކަނޑާލަން ނިންމައިފިއެވެ.
ޓީވީ ސްޓޭޝަންގެ ސީއީއޯ އިސްމާއިލް ސޮފްވާން މައުލޫމާތު ދިން ގޮތުގައި ޓީވީ ސްޓޭޝަންގެ އަޕްގްރޭޑިންގ މަސައްކަތެއް ކުރުމަށްޓަކައި 8 އޮގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ 23:00 އިން ފެށިގެން ކުރިޔަށް އޮތް 5 ދުވަހަށް ބްރޯޑްކާސްޓިންގ މެދު ކަނޑާލުމަށް ވަނީ ނިންމާފައެވެ.
ސޮފްވާން އިތުރަށް ވިދާޅުވީ އަޕްގްރޭޑިންގެ މަސައްކަތް ނިމުނު އަވަހަށް ތަފާތު އެކި ކޮންޓެންޓްތަކާއެކު ބްރޯޑްކާސްޓް އަލުން ފަށާނެކަމަށެވެ.
އަދި 5 ދުވަަހަށް މެދު ކަނޑާލި ނަމަވެސް އެންމެ ފަހުގެ ޚަބަރުތަކާއި ޚަބަރުތަކުގެ ތަފްސީލް "ތޭރަ އޮންލައިން" މެދުވެރިކޮށް ހުރިހާ ބެލުންތެރިން އަދި ކިޔުންތެރިންނަ ގެނެސްދެވޭނެ ވާހަކަ ވެސް ސޮފްވާން ވަނީ ވިދާޅުވެފައެވެ.