March 10, 2026
Advertisement
ޝެއިޚް ހަސީނާ
ޝެއިޚް ހަސީނާ / ސޯޝަލް މީޑިއާ

ހަސީނާއަށް ހިމާޔަތް ދިނުމާއި އިނގިރޭސިވިލާތުން ދެކޮޅު

Aminath Zara
އައިމިނަތު ޒާރާ
Aug 7, 2024, 03:29 PM
މާލެ ސިޓީ

ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމުން އިއްޔެ އިސްތިއުފާދެއްވި ޝެއިހް ހަސީނާއަށް ހިމާޔާތްދޭން އިނގިރޭސިވިލާތުން ދެކޮޅު ހަދައިފި އެވެ.

Advertisement

އިންޑިއާގެ ނޫހެއްކަމަށްވާ އިންޑިއާ ޓުޑޭއިން އިތުބާރު ހުރި މަސްދަރަކާއި ހަވާލާދީ ދާދި ދެންމެ އަކު ރިޕޯޓު ކުރި ގޮތުގައި ހިމާޔާތް ހޯދުމަށް ހަސީނާ އިނގިރޭސިވިލާތުގައި އެދުމުން މިއަދު އެގައުމުން ވަނީ އެކަމަނާއަށް ހިމާޔާތް ދޭން ދެކޮޅު ހަދާފައި އެވެ.

މިއާއި އެކު ޔޫޕަރުގެ އެހެން ގައުމަކުން ހިމާޔާތް ހޯއްދެވުމާށް ހަސީނާ މަސައްކަތް ފައްޓަވާފައިވާކަމަށްވެސް އިންޑިއާ ޓުޑޭއިން ވަނީ ރިޕޯޓުކޮށްފައެވެ.

ހަސީނާ މިވަގުތު ހުންނެވީ އިންޑިއާގައި އެވެ. އިންޑިއާގައި ހަސީނާ ހުއްނެވި ތަނެއް އަދި މިހާތަނަށް ހާމަވެފައި ނުވާއިރު އިންޑިއާ ސަރުކާރުން ވަނީ ހަސީނާއަށް ވަގުތީ ގޮތުން ހިމާޔާތްދީފައި އެވެ. އަދި އެހެން ގައުމަކުން ހިމާޔާތް ހޯއްދެވުމަށް ހަސީނާ ކުރައްވަމުން އަންނަ މަސައްކަތްޕުޅުގައި އިންޑިއާގެ ސަރުކާރުން އަންނަނީ ފުރިހަމަ އެއްބާރުލުން ދެމުންނެވެ.

ބަންގްލަދޭޝްގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ އިންޑިއާގައި ދިގު މުއްދަތަކަށް މަޑުކުރަން ޖެހިއްޖެ ހާލަތަކަށް އިންޑިއާގެ ސަލާމަތީ އިދާރާތަކުން ތައްޔާރުވަމުން އަންނަ ކަމަށްވެސް އިންޑިއާ ޓުޑޭއިން ބުނެއެވެ.

އިންޑިއާގެ އޮފިޝަލުން ވަނީ ބައިނަލްއަގްވާމީ ގޮތުން އެކަމަނާއާ ދެކޮޅަށް ކުރިމަތިވެފައިވާ ދެކޮޅުވެރިކަމަށް ބަލައި، އިތުރު މުއްދަތަކަށް އެކަމަނާ އިންޑިއާގައި މަޑު ކުރުމުގެ ފުރުސަތު އޮތް ކަމަށް ބުނެފައި އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved