March 10, 2026
Advertisement
ރައީސް އޮފީސް
ރައީސް އޮފީސް / ސޯޝަލް މީޑިއާ

ފަލަސްތީނުގެ ނަސްލު ނައްތާލަން ހުއްޓުވަން ސަރުކާރަށް އިޒްރޭލް ޕާސްޕޯޓް މަނާކުރާ ބިލު ތަންފީޒު ނުކުރެވުނު

Aminath Zara
އައިމިނަތު ޒާރާ
Aug 8, 2024, 05:15 PM
މާލެ ސިޓީ

ފަލަސްތީނުގެ ނަސްލު ނައްތާލަން ކުރާ މަސައްކަތް ނިމުމަކަށް ގެނެވޭނީ އެއްވެސް ގައުމެއް އިސްތިސްނާ ނުވާހެން ބައިނަލްއަގުވާމީ ގާނޫނުތައް ތަންފީޒު ކުރުމުން ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވުމާއި ގުޅިގެން ގިނަ ބަޔަކު ފާޑުވިދާޅުވެއްޖެއެވެ.

Advertisement

ސައުދީ އަރަބިއްޔާގެ ޖިއްދާގައި ބޭއްވި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ އެގްޒެކްޓިވް ކޮމިޓީގެ އޯޕަން-އެންޑެޑް އެކްސްޓްރާ އޯޑިނަރީ ބައްދަލުވުމުގައި ޒަމީރުގެ ތަގްރީރުގައި އިސްރާއިލުން މެދުކެނޑުމެއްނެތި ފަލަސްތީނުގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރެއްވިއެވެ. ވަކި ގައުމެއް ނުވަތަ ގައުމުތަކެއް އިސްތިސްނާ ނުވާނެހެން ބައިނަލްއަގްވާމީ ގާނޫނާއި ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާބެހޭ ގާނޫނު ތަންފީޒުކުރުމަކީ ބައިނަލްއަގްވާމީ މުޖުތަމައުގެ ޒިންމާއެއްކަމުގައި އޭނާ ވިދާޅުވިއެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައިވާއިރު، ސަހްޔޫނީންގެ ޕާސްޕޯޓް މަނާކުރާ ބިލު ތަސްދީގު ނުކޮށް މި ސަރުކާރުން ހިފަހައްޓަމުން އަންނަތާ މިހާރު 59 ދުވަސް ވެފައިވާއިރު ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރުމަށްވުރެ އަމަލު އެކަން ދެއްކުމަށް ރައްޔިތުން އަންނަނީ ގޮވާލަމުންނެވެ.

މި ސަރުކާރު އައިސް އައު މަޖިލިސް ހުވާކުރިއިރުވެސް މި މައްސަލަ މަޖިލީހުން އޮތީ ރައީސް އޮފީހަށް ފޮނުވާފައެވެ. ނަމަވެސް ބައެއް އިސްލާހުތައް ގެންނަން ޖެހޭ ކަމަށް ބުނެ ރައީސް އޮފީހުން ވަނީ އެ ބޭނުންވާ އިސްލާހުތަކާ އެކު އަނބުރާ މަޖިލީހަށް އެ ބިލު ފޮނުވާލާފައެވެ.

ގިނަ ބަޔަކު ބުނަމުންދާ ގޮތުގައި ރައީސް މުއިއްޒު އެފަދައިން އަމަލުކުރެއްވީ ސަހްޔޫނީންގެ ޕާސްޕޯޓު މަނާނުކުރުމަށް ދިގުދެންމުމުގެ ނިޔަތުގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved