April 18, 2026
Advertisement
އައިސީޖޭ ފަނޑިޔާރުން
އައިސީޖޭ ފަނޑިޔާރުން / އައި.ސީ.އައި.ޖޭ

ޣައްޒާއަށް ހަމަލާ ދިނުން ހުއްޓާލަން ދުނިޔޭގެ ކޯޓުން އަމުރެއް ނުކުރި!

Aishath Naja
އައިޝަތު ނަޖާ
Jan 27, 2024, 01:11 AM
ޣައްޒާ

ޣައްޒާއަށް ހަމަލާ ދިނުން ހުއްޓާލަން ބައިނަލްއަގުވާމީ ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން އަމުރެއް ނުކުރެއެވެ.

Advertisement

ދެކުނު އެފްރިކާއިން ގިނަ ހެކިތަކަކާއި އެކީ ކޯޓަށް އެ މައްސަލަ ހުށަހަޅާފައިވާއިރު، އިސްރާއީލުން ވަނީ އެމައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ އެ މައްސަލަ ބޭރު ކުރުމަށް އެދިފައެވެ.

ނަމަވެސް ހުކުރު ދުވަހުގެ އަޑުއެހުމުގައި ކޯޓުން ވަނީ އެމައްސަލައާއި ގުޅިގެން އެކަށީގެންވާ ހެކި ހުށަހަޅާފައިވާކަން އިއުލާނުކޮށް، މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމާފައެވެ.

މިމައްސަލައިގެ ހުކުރު ދުވަހުގެ އަޑުއެހުމުގައި ކޯޓުން ވަނީ ޣައްޒާއަށް އިންސާނީ އެހީ ވެއްދުމަށް އަމުރު ކޮށްފައެވެ.

ނަމަވެސް އިސްރާއީލުން ހިންގަމުން އަންނަ ގަތުލު އާންމު ހުއްޓާލުމަށް އަމުރެއް ކޮށްފައެއް ނުވެއެވެ. އޭގެ ބަދަލުގައި ކޯޓުން އަމުރު ކޮށްފައިވަނީ "ހަމަލާތައް ހުއްޓާލުމަށް އިސްރާއީލަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް" ކުރުމަށެވެ.

އިސްރާއީލުން ޣައްޒާގައި ހިންގަމުން އަންނަ ގަތުލު އާންމުގައި މިހާތަނަށް ޣައްޒާއިން 25،900 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމަށާއި 60،000 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ ޒަހަމް ކޮށްލާފައިވާ ކަމަށް ޣައްޒާގެ ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved