ނިމިދިޔަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބްގެ ކެމްޕެއިނާ ދިމާކޮށް އަދުގެ ރައީސް ޑރ މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަތަކާއި ވެރިކަމަށް އައުމަށްފަހު މިހާރު ދައްކަވަމުން ގެންދަވާ ވާހަކަތަކާއި 180 ޑިގްރީގެ ތަފާތެއް އެބަހުރިކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީއެންއެފް އިން ސިލްސިލާ ގޮތެއްގައި އިންތިޒާމްކޮށްގެން ދަ ފްރޮންޓް އޮފީހުގައި ކުރިޔަށް ގެންދާ ޖަލްސާތަކުގެ ތެރެއިން ބުރާސްފަތި ދުވަހުގެ ރޭ އޮތް ޖަލްސާގައި ރައީސް ޔާމީން ވަނީ ރައީސް މުއިއްޒުގެ ވާހަކަފުޅުތައް މިހާރު ބަދަލުވެފައި ވާތީ އެކަން ފާހަގަކުރައްވާފައެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ 180 ޑިގްރީއަށް އޭރުގައި ދެއްކެވި ވާހަކަތަށް މިހާރު ބަދަލުވެފައިވާ ސަބަބެއް އަދިވެސް ރައީސް މުއިއްޒަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ހަރުގެ ޖަލްސާގެ ނަމުގައި ބާއްވާ ޖަލްސާއެއްގައި ވެސް ބުނެދެވިފައި ނުވާކަމަށެވެ.
ދެން އަޅުގަނޑުމެންނަށް ފެންނާނެ މިއިން ކޮންމެ ކަމެއްގައި ރައީސް މުއިއްޒު އިންތިޚާބަށް ކުރިމަތި ލައްވައިގެން އުޅުއްވި އިރު ދެއްކެވި ވާހަކަފުޅުތައް، އެ ވާހަކަތަކަށް މިހާރު 180 ޑިގްރީގެ ބަދަލެއް އައީމާ އަދި ނޫ ޖަގަހައިގައި އެ ދައްކާ ވާހަކަ އަކުން އެ ބަދަލު އައި ގޮތެއް ބުނެއެއް ނުދެވޭ
އިންތިޚާބަށް ކުރިމަތި ލައްވައިގެން ރައީސް މުއިއްޒު އުޅުއްވި އިރު އިންޑިޔާއޭ ކިިޔައިގެން ރައީސް މުއިއްޒު ވަނީ ވަރަށް ބައިވަރު ވާހަކަތަކެއް ދައްކަވާފަައެވެ. އެގޮތުން އިންޑިޔާ އާއެކު ކުރީ ސަރުކާރުން ހަދާފައިވާ އެއްްބަސްވުންތައް ހާމަކުރައްވާނެ ވާހަކަޔާއި އިންޑިޔާގެ ސިފައިން މި ގައުމުން ފޮނުވާލާނެ ވާހަކަޔާއި ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދާނެ ވާހާކަޔާއި ރައްޔިތުންނަށް ވީ ވައުދުތައް ފުއްދަވައި ދެއްވާނެ ކަމުގެ ވާހަކަތައް ހިމެނެއެވެ.
ނަމަވެސް ވެރިކަން ލިބުމުން އޭރު ވިދާޅުވި ވާހަކަތައް ވަނީ ވަރަށް ބޮޑު ބަދަލެއް އައިސްފައެވެ. މި ބަދަލު ގެނުވީ ކޮން ސަބަބަކާހުރެ ކަމެއްް ވެސް ހާމަވެފައި ނުވާތީވެ ރައީސް ޔާމީންގެ އިތުރުން ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.