May 2, 2026
Advertisement
ޑރ.ޖަމީލް ޕީއެންއެފް ޖަލްސާގައި ވާހަކަ ދައްކަވަނީ
ޑރ.ޖަމީލް ޕީއެންއެފް ޖަލްސާގައި ވާހަކަ ދައްކަވަނީ / ތޭރަ އޮންލައިން

ޑރ.ޖަމީލް ރައީސް މުއިއްޒަށް: ވައުދުތަކެއްވެ އަހުދުތަކެއް ވުމަކީ ސަމާސާއެއް ނޫން

Aishath Naja
އައިޝަތު ނަޖާ
Jan 27, 2024, 03:40 AM
މާލެ ސިޓީ

ރައްޔިތުންގެ ގާތައް ގޮސް ވައުދުތަކެއްވެ އަހުދުތަކެއް ވުމަކީ ސަމާސާއެއް ނޫންކަމަށް ރައީސް އަބްދުﷲ ޔާމީންގެ އިސް ޤާނޫނީ ވަކީލް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

Advertisement

ޑރ.ޖަމީލް މިފަދައިން ވިދާޅުވީ ރައީސް ޔާމީން އަލަށް އުފައްދަވާ ސިޔާސީ ޕާޓީގެ ފަރާތުން 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ލައްވާ ކެންޑިޑޭޓުން ތައާރަފް ކުރުމަށް ބޭއްވުނު ޖަލްސާގައި ވާހަކަދައްކަމުންނެވެ

ރައްޔިތުން ވޯޓު ދެނީ އެ ފަރާތަކުންވާ ވައުދެއްގެ މައްޗައްކަމަށް ޑރ.ޖަމީލް ވަނީ ވިދާޅުވެފައެވެ.

އެކަމަށް އިޝާރަތްކުރައްވާ ޑރ.ޖަމީލް ވަނީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައްޔިތުން ޑރ.މުއިއްޒަށް ވޯޓު ދިން ސަބަބު ހާމަ ކުރައްވާފައެވެ. ރައީސް ޔާމީން މިނިވަން ކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދު އަދިވެސް ފުއްދަވާފައިނުވާކަމަށް ޑރ.ޖަމީލް ވަނީ ވިދާޅުވެފައެވެ.

ދެން މި ވައުދުތައްވެ އަހުދުތަކެއް ވުމަކީ ހަގީގަތުގައިވެސް ސަމާސާއެއް ނޫން. އެއީ ރައްޔިތުން މި ވޯޓު ދެނީ ހަގީގަތުގައި އެ ފަރާތަކުން އެ ވާ ވައުދެއްގެ މައްޗައް. އެ ވައުދެއްވެ އަހުދު ފުއްދުމަކީ ދީނީ ގޮތުން ލާޒިމް ކަމެއް.

ޑރ.މުހައްމަދު ޖަމީލް އަހްމަދު

އޭގެއިތުރުން ޑރ.ޖަމީލް ވަނީ ވައުދުތައް ފުއްދުމަކީ މުހިންމު ކަމެއްކަމަށް ވިދާޅުވެފައެވެ.

ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުގައި އެންމެ މުހިންމު އެއް ވައުދަކަށް ވެފައި އޮތީ ރައީސް ޔާމީން މިނިވަން ކުރުން ކަމަށް ޑރ.ޖަމީލް ވަނީ ތަކުރާރުކޮށް ވާހަކައިގައި ފާހަގަކުރައްވާފައެވެ.

އަދި ރައީސް ޔާމީން މިނިވަން ކުރުމަށްޓަކައި އެއްވެސް މަސައްކަތެއް ސަރުކާރުން ކުރާ މަންޒަރެއް ނުފެންނަ ކަމަށް ވެސް ޑރ.ޖަމީލް ވަނީ ވިދާޅުވެ ސަރުކާރަށް ފާޑު އަމާޒުކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved