March 9, 2026
Advertisement
ރައީސް އޮފީސް
ރައީސް އޮފީސް / ސޯޝަލް މީޑިއާ

ރައީސް އޮފީހުގައި 347 މުވައްޒަފުން، މުސާރައަށް 8 މިލިއަން ޚަރަދުވޭ!

Aishath Naja
އައިޝަތު ނަޖާ
Aug 10, 2024, 12:10 AM
މާލެ ސިޓީ

ރައީސް އޮފީހުގެ މުވައްޒަފުންގެ ގޮތުގައި 345 މުވައްޒަފުން އެބަތިބި ކަމަށް އެ އޮފީހުން ބުނެފި އެވެ.

Advertisement

ރައީސް އޮފީހުގެ ވެބްސައިޓުގައި މުސާރަތަކާއި އިނާޔަތްތައް ހިމެނޭހެން އާންމުކޮށްފައި ވަނީ އޮގަސްޓު 6 އާ ހަމައަށް އެ އޮފީހުގައި ތިބި މުވައްޒަފުންގެ އަދަދެވެ.

މި މައުލޫމާތު ހިއްސާކޮށްފައިވީ ނަމަވެސް ރައީސް އޮފީހުގައި ތިއްބެވި ސިޔާސީ މުވައްޒަފުންގެ އަދަދު އަދިވެސް ހާމަކޮށްފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

ރައީސް އޮފީހުގެ މުސާރައާއި އިނާޔަތްތައް

  • މުސާރަ - މަހަކު 4,110,173ރ.
  • ޕެންޝަން - މަހަކު 290,724.56ރ.
  • ލިވިން އެލަވަންސް - 1،437،000ރ.
  • އެކްސްކްލޫސިވް ޖޮބް އެލަވަންސް - 1.008,947.75ރ،
  • ސާވިސް އެލަވަންސް - 509،500ރ.
  • ސްޕެޝަލް އެލަވަންސް - 119،000ރ.
  • ކޮލިފިކޭޝަން އެލަވަންސް - 537،000ރ.
  • އެޑްމިން އެލަވަންސް - 100،250ރ.
  • އެކްސިލިއަރީ އެލަވަންސް - 41،300ރ.
  • ފުޑް އެލަވަންސް - 7،200ރ.
  • ކާރު އެލަވަންސް - 52،500ރ.
  • ފޯނު އެލަވަންސް -49،870ރ.

ރައީސް އޮފީހުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ދިނުމަށް މަހެއްގެ މައްޗަށް ޖުމްލަ 8،263،465ރ. ހަރަދުވެއެވެ.

އެއީ، އަހަރެއްގެ މައްޗަށް ބަލާނަމަ، 99 މިލިއަން ރުފިޔާ އެވެ. ފަސް އަހަރަށް ހިސާބުކުރާ ނަމަ 495 މިލިއަން ރުފިޔާ އެވެ.

700 އަށްވުރެ ސިޔާސީ މަގާމްތައް ގިނަ ނުކުރާނެ ކަމުގެ ވައުދާއެކު އައި ސަރުކާރުން ދަނީ އެއްވެސް ހައްދެއް ނެތި ސިޔާސީ މަގާމްތަކަށް މީހުން އައްޔަންކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved