March 24, 2026
Advertisement
ޖަލަށް މަނާ ތަކެތި ވެއްދި 13 އޮފިސަރުންގެ ތެރެއިން 6 އޮފިސަރުން
ޖަލަށް މަނާ ތަކެތި ވެއްދި 13 އޮފިސަރުންގެ ތެރެއިން 6 އޮފިސަރުން / ޕޮލިސް މީޑިޔާ

ޖަލަށް މަނާތަކެތި ވައްދަން އެހީވި އޮފިސަރުންގެ ވަނަވަރު ހާމަކޮށްފި

Mariyam Isaadha
މަރިޔަމް އިސާދާ
Aug 10, 2024, 10:39 PM
މާލެ ސިޓީ

ޖަލަށް މަނާ ތަކެތި ވައްދަ އޭގެން މަންފާ ހާސިލްކުރި އޮފިސަރުންގެ ވަނަވަރު ހާމަކޮށްފިއެވެ.

Advertisement

އޭގެ ތެރޭގައި ހިމެނެނީ 13 މީހެކެވެ.

މި ތޭރަ މީހުންނަކީ:

  1. ޒަޔާން އަޙްމަދު، ކ. މާފުށި، މާވިނަ، 23 އަހަރު
  2. ޔާމީން ހުސައިން، ރ. މީދޫ، ހިޖާޒް، 23 އަހަރު
  3. އަހުމަދު ޝަމާލް، ށ. ފޯކައިދޫ، ފަހާގެ، 24 އަހަރު
  4. މުހައްމަދު ރިމާޒް، ށ. ފޯކައިދޫ، ދަނބުމާގެ، 29 އަހަރު
  5. އަހުމަދު އަނޫފް، ކ. ކާށިދޫ، ބިންމަތީގެ، 27 އަހަރު
  6. އަލީ އަޝްފާގު، ނ. ލަންދޫ، ކާމިނީގެ، 32 އަހަރު
  7. ޖާޒިން ޙަމީދު، ފ. ނިލަންދޫ، ހަވޭލި، 22 އަހަރު
  8. ޖިނާޙް އަބްދުލްރަހީމް، ރ. އުނގޫފާރު، އައިވަރީ ހައުސް، 29 އަހަރު
  9. މުހައްމަދު ފަތޫހު ފަތުހުﷲ، ގއ. ވިލިނގިލި، ކުއްޅަވައްގެ، 24 އަހަރު
  10. އަލީ ހިޝާމް، ކ. މާފުށި، ބީޗް ހައުސް، 33 އަހަރު
  11. މުހައްމަދު ނަބުހާމް، ކ. މާލެ، ގ. އީވްނިންގ ސްޓަރ، 30 އަހަރު
  12. މުހައްމަދު ނަބީލް އިބްރާހިމް، ކ. މާލެ، މ. މޭދާ، 21 އަހަރު
  13. އަލީ ނާޒިމް، ހދ. ނޭކުރެންދޫ، ތަރާނާގެ، 36 އަހަރު އެވެ.

ޖަލަށް މަނާ ތަކެތި ވެއްދި އޮފިސަރުންގެ ތެރެއިން 7 މީހުން
ޖަލަށް މަނާ ތަކެތި ވެއްދި އޮފިސަރުންގެ ތެރެއިން 7 މީހުން

މާފުށީ ޖަލުގައި ބަންދުކޮށްފައިތިބޭ ކުށްވެރިންނަށް މަސްތުވާތަކެއްޗާއި ފޯނު ވެއްދުމުގައި ކަރެކްޝަންސްގެ އޮފިސަރުންތަކެއް ބައިވެރިވާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހުގެ ރެއިން ފެށިގެން ހިންގި އޮޕަރޭޝަނެއްގައެވެ.

ފުލުހުން މިއަދު ބުނީ، އެ 13 އޮފިސަރުންގެ މައްސަލަ ތަހުގީގުކޮށް ނިންމައި، ދަޢުވާކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް މިއަދު ފޮނުވާފައިވާ ކަމަށެވެ.

ޖަލު އޮފިސަރުންގެ އެކައުންޓަށް ފައިސާ ވަދެފައި ވަނީ ގައިދީންގެ އެކައުންޓުތަކުންނާއި ކުށުގެ މާހައުލުގައި ހަރަކާތްތެރިވާ މީހުންގެ އެކައުންޓުތަކުންކަމާ މި މީހުންގެ އެކައުންޓަށް 73.6 މިލިއަން ރުފިޔާ ވަދެފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީން ފެށިގެން ޖޫންމަހުގެ ނިޔަލަށްކަން ހާމަވެފައިވެއެވެ. ނަމަވެސް މި މީހުންނަކި އެއްވެސް ވިޔަފާރިއެއްގައި ރަސްމީކޮށް ވައިވެރިވާ ފަރާތްތަކެއް ނުނެވެ. އަދި އިތުރު ވަޒީފައެއްވެސް އަދާކުރާ ފަރާތްތަކެއް ނޫނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved