މުޒާހަރާ / ރާއްޖެއެމްވީ
ސިޔާސީ
ގޯއްޗާއި ފްލެޓް ދިނުން ލަސްވާތީ މުޒާހަރާކޮށްފި
Aishath Naja
އައިޝަތު ނަޖާ
10 އޯގަސްޓު 2024
މާލެ ސިޓީ

ކުރީ ސަރުކާރުން ދޭން ނިންމި ގޯއްޗާއި ފްލެޓް ނުދީ މި ސަރުކާރުން ލަސްކުރަމުން ގެންދާތީ މުޒާހަރާކޮށްފި އެވެ.

ހުކުރު ދުވަހުގެ ރޭ ބްރިޖް ވިޔު ސަރަހައްދުގައި ކުރިޔަށް ދިޔަ މި މުޒާހަރާގައި މިނިސްޓަރ ހައިދަރު އާއްމުންނާއި އެކު ފީކޮއި ކުޅުއްވާ ކަމަށް އެ ބައިވެރިން ބުނެފައިވެއެވެ. އެއީ ހައިދަރު ފަދަ ބޭފުޅެއްގެ ހައިބަތަށް ވެސް ހުތުރު ކަމެއް ކަމަށް އާއްމުން ވަނީ ބުނެފައެވެ.

އެ މުޒާހަރާގައި އާއްމުން ވަނީ އެކި ފަހަރު މަތިން މަޖިލީހުގެ ތަޅުމަށާއި މަޖިލީހުގެ ކޮމިޓީ އަށް ހާޒިރުވާން މިނިސްޓަރ ހައިދަރު އަށް އެންގުމުން އެކަމަށް އިޖާބަ ނުދެއްވާ ފިއްލަވައިގެން އުޅުއްވާ ކަމަށް ސިފަކޮށް އެކަމަށް ފާޑު ކިޔާފައެވެ.

އަދި ޖަވާބުދާރީ ނުވާނަމަ ހައުސިންގ މިނިސްޓަރ ހައިދަރު މަޤާމުން އިސްތިއުފާދޭން ވެސް ވަނީ ގޮވާލާފައެވެ.


ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved