މިނިސްޓަރ ހައިދަރު / މަޖިލިސް
ސިޔާސީ
ގުޅީފަޅުން ގޯތި ހަވާލުކުރެވޭނެ ތާރީހެއް ނޭނގޭ: ހައިދަރު
Aishath Naja
އައިޝަތު ނަޖާ
12 އޯގަސްޓު 2024
މާލެ ސިޓީ

ގުޅީފަޅުން ބިން ލިބުނު ފަރާތްތަކަށް ގޯތިތައް ހަވާލުކުރެވޭނެ ވަކި ތާރީހެއް ނޭނގޭ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.

ހައިދަރު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މެމްބަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ހައިދަރު ވިދާޅުވީ ގުޅީފަޅުން ގޯތިތައް ދޫކުރެވޭނެ ވަކި ތާރީހެއް ދެވެން ނެތީ އެތަނުގެ ބިން ހިއްކުމުގެ މަސައްކަތް އަދި ނުނިމޭތީ އާއި ތިލަމާލެ ބްރިޖުގެ މަސައްކަތަށް ގުޅީފަޅު ބޭނުންކުރަމުން ދާތީ ކަމަށެވެ.

ހައިދަރު އިތުރަށް ވިދާޅުވީ ބްރިޖުގެ މަސައްކަތް ހިނގަމުންދާ ވަގުތު އެތަނުގައި ހެވީ ވެހިކަލްތައް ދަތުރުކުރަމުންދާތީވެ އިން ވަކިކުރަން ކުރިން ޖެހި ހަންމުޑިތައް ވެސް ގޮސްފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުން ބިން ދޫކުރެވޭނީ ބްރިޖު މަސައްކަތް ނިމުނީމަ ކަމަށް އޭނާ ވިދާޅުވި އެވެ.

ގޯތި ދިނުމުގައި ސަރުކާރުން ލަސްކުރަމުންދާތީ ގިނަ ބަޔަކު އަންނަނީ މުޒާހަރާކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved