April 17, 2026
Advertisement
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސް ޤާނޫނީ ވަކީލް، ޑރ.މުހައްމަދު ޖަމީލް އަހްމަދު
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސް ޤާނޫނީ ވަކީލް، ޑރ.މުހައްމަދު ޖަމީލް އަހްމަދު / ތޭރަ އޮންލައިން

ޑރ.ޖަމީލްގެ ފާޑުކިޔުންތަކެއް އާޒިމާ ޝަކޫރަށް އަމާޒުކޮށްފި

Aishath Naja
އައިޝަތު ނަޖާ
Jan 6, 2024, 04:49 PM
މާލެ ސިޓީ

ސަރުކާރުގެ ކެންޑިޑޭޓެއްގެ ގޮތުގައި މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް ކުރިމަތިލައްވާ އައިޝަތު އާޒިމާ ޝަކޫރުގެ މައްޗައް ސާބިތު ދަރަންޏެއް އޮތްކަމަށް ކޯޓުން ހުކުމް ކުރުމާއި ގުޅިގެން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސް ޤާނޫނީ ވަކީލް ޑރ.މުހައްމަދު ޖަމީލް އަހްމަދު ފާޑުވިދާޅުވެއްޖެއެވެ.

Advertisement

ޑރ.ޖަމީލް ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާ ބައިވަރު ސުވާލުތަކެއް އުފައްދަވާފައެވެ.

އެގޮތުން އާޒިމާގެ މައްސަލަތައް ފުނިޖެހިފައިވާއިރު އެއީ ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ހުރަހަކަށް ވާނެ ކަމަކަށް ކަމަށްވެސް ޑރ.ޖަމީލް ޕޯސްޓްގައި ވިދާޅުވިއެވެ.

އަމިއްލަ ފަރުދުންނަށާއި އިދާރާތަކަށް އަދާކުރަންޖެހޭ ޒާތީ އިލްތިޒާމްތައް އަދާނުކުރެވޭ ފަރާތަކަށް އިތުބާރު ކުރުމަކީ ޑިމޮކްރަސީ ދަންނަ ކަމެއް ނޫންކަމަށްވެސް ޑރ.ޖަމީލް ފާހަގަކުރެއްވިއެވެ.

އަދި އެފަދަ ފަރާތަކަށް ފުނިޖެހިފައިވާ މާލެ ސިޓީގެ މައްސަލަތައް ހައްލު ކުރެވިދާނެ ކަމުގެ އިތުބާރު ކުރުމަކީ މޮޔަކަމެއް ނޫންތޯ ވިދާޅުވެ ޑރ.ޖަމީލް ވަނީ ސުވާލު އުފައްދަވާފައެވެ.

އޭގެއިތުރުންވެސް ޑރ.ޖަމީލް ވިދާޅުވީ ކޮންމެ ގޮތަކަށް ކަންތައްވިޔަސް މޭޔަރު ކަމަށް އިންތިޚާބު ނުވިޔަސް ސަރުކާރުގެ ކެންޑިޑޭޓަކަށް ގެއްލޭނެ އެއްޗެއް ނޯންނާނެ ކަމަށެވެ. ވިޔަފާރި މިނިވަންކަމާއެކު ކުރެވޭނެ ކަމަށާއި އިންތިޚާބުން ބަލިވިޔަސް ހިބައިން ލިޔެވިފައި އޮތް ސިޔާސީ މަގާމު އާޒިމާއަށް ލިބިގެންދާނެ ކަމަށް ވެސް ޑރ.ޖަމީލް ޕޯސްޓްގައި ވަނީ ވިދާޅުވެފައެވެ.

މިއަދު ފެންނަން ހުރި ހަގީގަތައް ބަލާއިރު ސަރުކާރު ކެންޑިޑޭޓް މާލޭ މޭޔަރަކަށް ވުމީ ރައްޔިތުންނަށް ބޮޑު ގެއްލުމެއް ލިބިގެންދާނެކަމެއްކަމަށް ވެސް ޑރ.ޖަމީލް ވަނީ ސިފަކުރައްވާ ފާޑުވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved