theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ދިވެހިރާއްޖޭގެ ހައި ކޯޓް / ސަން
ސިޔާސީ
ރައީސް ޔާމިންގެ ހުކުމް އިއްވުމުގެ އަޑުއެހުން ލަސްވާ ކަމަށް ގަބޫލެއް ނުކުރަން: ހައިކޯޓު
Fathmath Reem
ފާތުމަތު ރީމް
27 ޖެނުއަރީ 2024
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގެ އިސްތިއުނާފް މައްސަލައިގެ ހުކުމް އިއްވުމުގެ އަޑުއެހުން ތާވަލް ކުރުމުގައި ލަސްނުވާކަމަށް ދިވެހިރާއްޖޭގެ ހައި ކޯޓުން ބުނެފިއެވެ.

2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ރައީސް ޔާމީން ގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމާ ގުޅިގެން އިސްތިއުނާފަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ލުމަށްފަހު އަޑު އެހުންތައް ކުރިއަށް ގެންގޮސް މިހާރު ވަނީ ހުކުމަކާ ހިސާބަށް އައިސްފައެވެ.

އެގޮތުން އެންމެ ފަހުން އަޑުއެހުން ބޭއްވިފައިވަނީ ނޮވެންބަރު މަހުގެ 21 ވަނަ ދުވަހު އެވެ. އޭގެ ފަހުން 2 މަސް ފާއިތުވެގެން ގޮސްފައިވާ އިރު ހުކުން އިއްވުމުގެ އަޑުއެހުން އަދިވެސް ތާވަލް ކޮށްފައެއް ނުވެއެވެ.

މި މައްސަލައިގެ ދެން އަޑު އެހުން ތާވަލް ކުރޭވޭނެ ދުވަހެއް ސާފުކޮށްލުމަށް ހައިކޯޓުގެ މީޑިއާ އޮފިޝަލް އަށް ޗެނަލް 13އިން ގުޅުމުން، އެބޭފުޅާ ދެންނެވީ ތާވަލް ކުރެވޭނެ ދުވަހެއް އަދި ނޭނގޭ ކަމަށާ ރައީސް ޔާމީން ގެ އިސްތިއުނާފް މައްސަލަ އަށް ލަސްތަކެއް ވަމުން ދާކަމަށް ގަބޫލް ނުކުރައްވާ ކަމަށެވެ.

ހުކުމް އިއްވުމުގެ އަޑުއެހުން ތާވަލް ނުވެ ލަސްތަކެއް ވަމުން ދާތީ ރައީސް ޔާމީންގެ ގާނޫނީ ޓީމާއި އެމަނިކުފާނަށް ތާއިދު ކުރައްވާ ފަރާތްތަކުން ވަނީ އެތައް ފަހަރެއްގެ މަތިން ހައި ކޯޓަށް ގޮސް ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

ރައީސް ޔާމީން ނުހައްގުން ޖަލު ހުކުމެއްގައި ހުންނަތާ މިއަދަށް މިވަނީ 1168 ދުވަސް ފާއިތުވެގެން ގޮސްފައެވެ.

ކޮމެންޓު
ކޮމެންޓްތައް
Rihaakuru
29 ޖެނުއަރީ 2024, 15:31
Vaguhaidharu fulet listumathee oshoveovey
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
Zakiyya, vee kihineh?