ރައްޔިތުންގެ މަޖިލީސް މިހާރު ފެެންނަނީ ރައްޔިތުންގެ މަޖިލީހަކަށް ވުރެ ބޮޑަށް ސަރުކާރުގެ މަޖިލީހެއްގެ ގޮތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެން ޒިޔާދު ވިދާޅުވެއްޖެ އެވެ.
ޒިޔާދު މިފަދައިން ވިދާޅުވެފައި ވަނީ އެމްޑީޕީ އިން ހޯމަ ދުވަހުގެ ރޭ ބޭއްވި ޕެނަލް ޑިސްކަޝަންގައި އެވެ.
އެގޮތުން އޭނާ ވިދާޅުވީ މަޖިލީހުގެ ކޮމެޓީތަކަށް މުގައްރިރުން ކަނޑައަޅައި ބިލުތަކަށް ވާހަކަ ދައްކާނެ މެމްބަރުންނާއި ދައްކާނެ ވާހަކަ ނިންމަނީ ވެސް ރައީސް އޮފީހުން ކަމަށެވެ.
ޒިޔާދު ވިދާޅުވީ މަޖިލީހަށް ބިލު ފޮނުވަނީ ރައީސް އޮފީހުން ކަމަށާއި ބައެއް ބިލުތަކަށް ވާހަކަ ދައްކާނެ މެމްބަރުން ވެސް ކަނޑައަޅަނީ ރައީސް އޮފީހުން ކަމަށެވެ.
ޒިޔާދު ވިދާޅުވީ ސަރުކާރު ތަމްސީލު ކުރާ މެމްބަރުން ބިލުތަކަށް ބަހުސް ކުރައްވަނީ ބިލު ދިރާސާ ކުރުމެއް ނެތި ކަމަށާއި އެ ފުރުސަތު ވެސް އެ ބޭފުޅުންނަށް ނޯންނަ ކަމަށެވެ.
ޒިޔާދު ވަނީ މިހާރު މަޖިލިސް ހިނގަމުންދާ ގޮތައް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.