May 2, 2026
Advertisement
ރޭ އެކުލަވާލި ޓާސްކް ފޯހުގެ ބައްދަލުވުމުގެ ތެރެއިން
ރޭ އެކުލަވާލި ޓާސްކް ފޯހުގެ ބައްދަލުވުމުގެ ތެރެއިން / ރައީސް އޮފިސް

ޑިޒާސްޓާ މެނޭޖްމެންޓު ކައުންސިލެއް އޮއްވާ، ޓާސްކް ފޯހެއް އެކުލަވާލީ ދެއްކުންތެރިކަމަށް!

Aishath Naja
އައިޝަތު ނަޖާ
Aug 14, 2024, 06:27 PM
މާލެ ސިޓީ

ރާއްޖެއަށް ކުރި ވިއްސާރައިގެ ސަބަބުޖް ލިބުނު ގެއްލުންތައް މޮނީޓާރ ކުރުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ ޓާސްކް ފޯހެއް އެކުލަވާލީ އެފަދަ ހާލަތްތަކަށް ޑިޒާސްޓާ މެނޭޖްމަންޓު ކައުންސިލެއް އޮއްވާކަން ހާމަވެއްޖެ އެވެ.

Advertisement

ވިއްސާރާއާ ގުޅިގެން ރައްޔިތުންނަށް ކުރިމަތިވާ ކަންކަމަށް އަވަސް ގޮތެއްގައި ހައްލެއް ހޯދައިދިނުމެ ނަމުގައި ރައީސް ޓާސްކްފޯހެއް އުފެއްދެވީ ރޭގެ ވަގުތެއްގައި އެވެ.

ޓާސްކް ފޯހުގައި ހިމެނެނީ ފަސް ވަޒީރަކާއި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ އިތުރުން ސިފައިންގެ ޗީފު އަދި ކޮމިޝަނާ އޮފް ޕޮލިސް އެވެ.

މިޔާއެކު ޑިޒާސްޓާ މެނޭޖްމަންޓް ކައުންސިލްގެ ވާހަކަ ވަނީ ފެންމަތިވެގެން ގޮސްފައެވެ.

މި ކައުންސިލަކީ 2015 ވަނަ އަހަރުގެ ސެޕްޓަމްބަރު މަހު ގައި ތަސްދީގުކުރި ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ކައުންސިލެކެވެ.

ޗެއާ ކުރައްވަނީ އޭރަކު ހުންނަވާ ރައީސުލްޖުމްހުރިއްޔާ އެވެ. މެމްބަރުންގެ ގޮތުގައި ޑިފެންސް، ހޯމް، ފޮރިން، ފިނޭންސް، ހެލްތު، ހައުސިން، ކޮންސްޓްރަކްޝަން އަދި ތިމާވެއްޓާ ބެހޭ މިނިސްޓަރުގެ އިތުރުން، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީ (އެންޑީއެމްއޭ) ގެ ސީއީއޯ އެވެ.

އެހެންނަމަވެސް ރޭ އެކުލަވާލި ޓާސްކް ފޯހުގައި އެންޑީއެމްއޭގެ އެއްވެސް އޮފިޝަލަކު ނެތްތާ، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) ގެ އެއްވެސް މީހަކުވެސް ނެތެވެ.

ނިމިދިޔަ ސަރުކާރުގެ ތިމާވެއްޓާ ބެހޭ މިނިސްޓަރު އާމިނަތު ޝައުނާ ވެސް އެކްސްގައި ޕޯސްޓެއް ކުރައްވާ ސުވާލުތަކެއް އުފައްދަވާފަ އެވެ.

އެގޮތުން އޭނާ ވިދާޅުވީ މި މަސައްކަތްތައް ކުރުމަށް ގާނޫނުން މަތިކޮށްފައިވަނީ އެންޑީއެމްއޭ އާ ކަމަށެވެ.

ގިނަ ފަރާތްތަކުން ދެކޭ ގޮތުގައި ރައީސް ޓާސްކް ފޯހެއް އެކުލަވާލީ ދެއްކުންތެރިކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved