April 4, 2026
Advertisement
ޑަބްލިޔުއެޗްއޯގެ ވެރިޔާ ޓެޑްރޮސް އަދަނޮމް ގެބްރޭސަސް
ޑަބްލިޔުއެޗްއޯގެ ވެރިޔާ ޓެޑްރޮސް އަދަނޮމް ގެބްރޭސަސް / ސޯޝަލް މީޑިއާ

އެމްޕޮކްސް ފެތުރެމުންދާތީ ޑަބްލިއުއެޗްއޯއިން ބައިނަލްއަގުވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި

Mariyam Isaadha
މަރިޔަމް އިސާދާ
Aug 15, 2024, 04:48 PM
މާލެ ސިޓީ

މަންކީ ޕޮކްސް ނުވަތަ އެމްޕޮކްސްގެ އައު ވޭރިއެންޓެއް ބާރަށް ފެތުރެމުންދާތީ ޑަބްލިއުއެޗްއޯއިން ބައިނަލްއަގުވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފިއެވެ.

Advertisement

ޑަބްލިޔުއެޗްއޯގެ ވެރިޔާ ޓެޑްރޮސް އަދަނޮމް ގެބްރޭސަސް އިއުލާނު ކުރެއްވި ގޮތުގައި އެމްޕޮކްސް ބަލީގެ ހާލަތު މިހާރު އޮތީ މުޅި ދުނިޔެއަށް ނުރައްކާވާ ހިސާބުގަ އެވެ. އިމަޖެންސީ ކޮމިޓީގެ ބައްދަލުވުންތައް ކުރިޔަށް ގެންދިއުމަށް ފަހު ނިންމާފައި ވަނީ މި ބަލީގެ ނުރައްކަލަަށް ދުނިޔޭގެ ހުރިހާ ގައުމުތަކުން ވެސް ސަމާލު ވާން ޖެހޭ ކަމަށެވެ.

ޑަބްލިއުއެޗްއޯގެ ހެލްތް އިމަޖެންސީގައި ބުނެފައި ވަނީ އެފްރިކާގައި މި އަހަރު 14،000 އަށް ވުރެ ގިނަ މީހުންނަަށް ބަލި ޖެހި، 524 މީހުން މަރުވެފައިވާ ކަމަށެވެ. އަދި މިއީ މިދިޔަ އަހަރުގެ އަދަދުތަކަށްވުރެ އިތުރު އަދަދެއްކަމަަށް ހާމަކުރިއެވެ.

ޑަބްލިއޔުއެޗްއޯގެ ކަންބޮޑުވުމަކީ ބަލި ޖެހޭ މީހުންގެ ތެރޭގައި ފަސޭހައިން  ބަލި ފެތުރި، އައު ވޭރިއޭޝަނެއް އުފެދުމެވެ.

މިހާތަނަށް ބަލިޖެހިފައިވާ އަދި މަރުވާ މީހުންގެ 96 އިންސައްތަ އަށްވުރެ ގިނައީ ކޮންގޯގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved