March 9, 2026
Advertisement
އިޒްރާއިލް ޕާސްޕޯޓު ބޭން ނުކޮށް ސަރުކާރުން ދަނީ އޮޅުވާލަމުން.
އިޒްރާއިލް ޕާސްޕޯޓު ބޭން ނުކޮށް ސަރުކާރުން ދަނީ އޮޅުވާލަމުން. / ތޭރަގްރެފިކްސް

ޓޫރިޒަމާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުގެ މަސައްކަތް އެއް ދުވަހުން ނިންމާލައިފި, ސަހްޔޫނީންގެ ޕާސްޕޯޓް އަދިވެސް މަނާ ނުކުރޭ

Aminath Zara
އައިމިނަތު ޒާރާ
Aug 15, 2024, 09:22 PM
މާލެ ސިޓީ

ރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ ބަހުސް އަދި ބިލުގެ ކޮމިޓީ މަރުހަލާގެ މަސައްކަތް އެއް ދުވަސް ތެރޭގައި ނިންމާލައިފައިވާ އިރު ސަހްޔޫނީންގެ ޕާސްޕޯޓު މަނާކުރުމަށް ދިވެހި ރައްޔިތުން ގޮވަމުންދާއިރުވެސް އެކަން ދިގު ދެންމުމުގެ ނިޔަތުގައި މި ސަރުކާރުން ކޮމިޓީ މަރުހަލާއަށް ފޮނުވާ 56 ދުވަސް ފާއިތުވިއިރުވެސް އަދިވެސް އެކަމަށް އަމަލީ ސިފައެއް ގެނެސްފައިނުވެއެވެ.

Advertisement

ސަޙްޔޫނީންގެ ޕާސްޕޯޓު މަނާކޮށް އެމީހުންނަށް ރާއްޖެ އެތެރެ ވިޔަ ނުދިނުމަށް ގޮވާލާ ދިވެހި ރައްޔިތުން ރައީސް އޮފީސް ދޮށަށް އެއްވުމުން، މިއީ ދިވެހިންގެ އަޑު އެންމެ ގާތުން އެންމެ އަވަހަށް އަޑު އަހާ ސަރުކާރުގެ ގޮތުގައި ދެއްކުމަށް ހަމަ އެދުވަހު ކެބިނެޓުގައި އެކަމާ މަސްވަރާކޮށް ނޫސްވެރިންގެ ބައްދަލުވުމެއްވެސް ބޭއްވިއެވެ. އަދި އެމައްސަލަ އަނބުރާ މަޖިލީހަށް ފޮނުވާލަން ނިންމާފައިވާ ކަމަށް ބުނެފައެވެ.

އޭގެ ފަހުން ވެސް މިހާރު 66 ދުވަސް ފާއިތުވެފައިވާއިރު އަދިވެސް ސަހްޔޫނީންގެ ޕާސްޕޯޓާ ގުޅޭ މައްސަލައިގައި ވެރިކަން ކުރާ ޕީއެންސީގެ ސުޕަރ ސުޕަރ މެޖޯރިޓީ އޮތް މަޖިލީހުން ގޮތެއް ނިންމާފައިނުވެއެވެ.

އެހެންކަމުން ސަރުކާރަށް މުހިއްމު ވަނީ ކޮން ކަންތައްތަކެއްކަން ވަރަށް ސާފުކޮށް ހާމަވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved