May 2, 2026
Advertisement
ޑރ ޖަމީލް
އަހްމަދު
ޑރ ޖަމީލް އަހްމަދު / ސޯޝަލް މީޑިއާ

ވެރިކަން ހޯދުމަށްވާ ވައުދާއި ޚިލާފުވުމަކީ ވެރިކަން ގެއްލިގެންދާނެ ކަމެއް: ޖަމީލް

Aminath Zara
އައިމިނަތު ޒާރާ
Aug 16, 2024, 01:44 AM
މާލެ ސިޓީ

ވެރިކަން ހޯދުމަށް ރައްޔިތުންނަށް ވާ ވައުދު ވެރިކަން ލިބުމަށްފަހު ހަނދާން ނައްތާލާ ވައުދާއި ޚިލާފުވުމަކީ ވެރިކަން ގެއްލިގެންދާނެ ކަމެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ ޖަމީލް ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނުގެ އެކްސް އެކައުންޓްގައި ޕޯސްޓް ކުރައްވާ ވިދާޅުވެފައިވަނީ އިންޑިއާ އައުޓް ކެމްޕޭން އަދި ރައީސް ޔާމީން މިނިވަން ކުރައްވާނެ ކަމަށް ރައްޔިތުން ކައިރީ ދޮގު ވައުދުވެ އާރާއި ބާރު ލިބުމުން އެއީ ނުކުރައްވާ ވައުދުތަކެއް ކަމަށް މިހާރު ހަދާފައިވާ ކަމަށެވެ.

މިފަދަ ކަންކަމަކީ ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށާއި ބާރު ފެށި ނިމެނީވެސް ރައްޔިތުންގެ ކިބައިން ކަމަށްވުމުން މިއީ ވެރިކަން ވެއްޓުމަށް އަމިއްލައަށް ހުޅުވާލާ ފުރުސަތެއް ކަމަށް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އެއްވެސް އަހްލިއްޔަތު ކަމެއް ނެތް ވަޒީރުން މަގާމުތަކާއި ހަވާލުކޮށް ގައުމު ބޮޑު އަނދަވަޅަކަށް ވައްޓާލައިފައިވާ ކަމަށް ސިފަކުރެއްވިއެވެ.

ރައީސް ޑރ މުއިއްޒު ވެރިކަމާއި ހަވާލުވީއްސުރެ ދޮގު ހެއްދެވުން ނޫން ކަމެއް ނުކުރައްވާ ކަމަށްވެސް ޖަމީލްގެ ޕޯސްޓްގައި ބުނެފައިވެއެވެ. ރައްޔިތުންގެ ބާރު ވެރިކަމުގެ މައްޗަށް ގަދަވަނީ މިހެންވެގެން ކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved