April 18, 2026
Advertisement
ޚާން ޔޫނިސް ބޮމުގެ ހަމަލާއަށްފަހު
ޚާން ޔޫނިސް ބޮމުގެ ހަމަލާއަށްފަހު / ސޯޝަލް މީޑިއާ

ޔަހޫދީން ޣައްޒާ ހޮސްޕިޓަލެއްގެ ޑޮކްޓަރެއް ހައްޔަރު ކޮށްފި

Aishath Naja
އައިޝަތު ނަޖާ
Jan 28, 2024, 12:21 AM
މާލެ ސިޓީ

ފަލަސްތީނުގެ ޣައްޒާގެ ދެކުނުގެ ޚާން ޔުނިސްގައި ހުންނަ ނާސިރު ހޮސްޕިޓަލްގެ ކަށީގެ ސާޖަރީ ޑިޕާޓްމަންޓުގެ ހެޑް ޑރ. ބައްސާމް މެކްދާދު އިސްރާއީލު ސިފައިން ހިފަހައްޓާފައިވާ ކަަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

Advertisement

މިޑިއާ ރިޕޯޓްތައް ބުނާގޮތުގައި ޣައްޒާގައި އަދިވެސް ހިނގަމުންދާ އެންމެ ބޮޑު ޞިއްޙީ މަރުކަޒު ކަމުގައިވާ ނާސިރު ހޮސްޕިޓަލުން ރޭގެ ވަގުތެއްގައި މުޅިން ކަރަންޓު ކެނޑިފައިވާކަމުގެ އިޝާރާތެއް ދަނީ ލިބެމުންނެވެ.

މެޑިސިންސް ސެންސް ފްރޮންޓިއާސް (ޑޮކްޓާސް ވިތައުޓް ބޯޑާސް ނުވަތަ އެމްއެސްއެފް ގެ ނަމުން ވެސް މަޝްހޫރު) އިން ހުކުރު ދުވަހު ބުނީ ނާސިރު ހޮސްޕިޓަލުގެ ވަށައިގެން ވަރުގަދަ ކުރިމަތިލުންތަކާއި ބޮން އެޅުމުގެ ސަބަބުން "އެ ހޮސްޕިޓަލުގެ މުހިންމު ސިއްހީ ހިދުމަތްތައް ނުދެވިފައިވާ" ކަމަށެވެ.

އިސްރާއީލާއި ޣައްޒާއާ ދެމެދު ކުރިމަތިލުންތައް ފެށުނު ފަހުން 138 ސިއްހީ މުވައްޒަފަކު ޝަހީދުކޮށްލާފައިވާ ކަމަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ޖަމިއްޔާއެއް ކަމަށްވާ އިންސެކިއުރިޓީ އިންސައިޓް އިން ރިޕޯޓްކޮށްފައިވެއެވެ. މީގެ އިތުރުން ފަލަސްތީނުގެ 212 ސިއްހީ މުވައްޒަފަކު ހައްޔަރުކޮށްފައިވާ ކަމަށް އެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved