އަދުގެ ސަރުކާރުގެ ކިބައިން ފެނިގެންދަނީ އެއްވެސް ޤައުމަކާއެކު ރަނގަޅު ގުޅުމެއް ޤާއިމު ނުކުރެވުމުން އަނބުރާ އިންޑިއާގެ އުނގަށް ވެއްޓޭ މަންޒަރުކަމަށް މެދުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް މިފަދައިން ވިދާޅުވެފައި ވަނީ ރާއްޖެޓީވީގެ ޓީވީޓޯކްސް ޕޮރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން އާޒިމް ވިދާޅުވީ މިއަދު ފެންނަމުންދަނީ އެއްވެސް ބަޔަކާ ރަނގަޅު ގުޅުމެއް ޤާއިމު ނުކުރެވުމުން އަނބުރާ އިންޑިއާގެ އުނގަށް ވެއްޓޭ މަންޒަރުކަމަށެވެ.
އާޒިމް ވިދާޅުވީ މިއީ ދޮގާއި މަކަރު ހެދުމުގެ އިންތިހާ ކަމަށެވެ. މިއީ ވެރިކަމަށް އައުމުގެ ބޭނުމުގައި ގަސްތުގައި ކުރެއްވި ކަމެއް ކަމަށް މިހާރު ސާފުވެގެން ގޮސްފައިވާކަމަށެވެ.
އާޒިމް ވަނީ އިންޑިޔާ އައުޓް ކެމްޕެއިން ޖެއްސުމަށްފަހު މިއަދު ސަރުކާރުން އިންޑިޔާގެ އުނގަށް ވެއްޓުމުން ފާޑު ވިދާޅުވެފައެވެ.