March 21, 2026
Advertisement
ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް
ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް / ރައްޔިތުންގެ މަޖިލިސް

ސަރުކާރުން ރައްޔިތުންނަށް ބީރު ކަންފަތެއް ދޭނަމަ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ގެއްލޭނެ: ނާޒިލް

Aishath Naja
އައިޝަތު ނަޖާ
Aug 18, 2024, 11:31 AM
މާލެ ސިޓީ

ސަރުކާރުން ރައްޔިތުންނަށް ބީރު ކަންފަތެއް ދޭނަމަ މާ ގިނަ ދުވަސްތަކެއް ނުވަނީހެން، ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ސަރުކާރަށް ގެއްލޭނެ ކަމަށް ދިވެހިރައްޔިތުން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

Advertisement

ނާޒިލް މިފަދައިން ވިދާޅުވީ ރާއްޖެ ޓީވީ ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ނާޒިލް ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރަށް 20 ވަނަ ރައްޔިތުން މަޖިލީހުގެ ސުޕަ މެޖޯރިޓީއެއް ލިބިފައިވާތީ ގައުމުގައި ބޭނުންކަމެއް ބޭނުން ގޮތަކަށް ކުރެވޭނެ ކަމަށް ސަރުކާރުން ގަބޫލުކުރާ ކަމަށެވެ.

ނާޒިލް ވިދާޅުވީ މިސަރުކާރުގެ ބޭފުޅުން މަޑުމަޑުން ތިބެގެން ބައެއް ކަންކަން ކުރަމުންދާ ކަމަށާއި، އެކަންކަމާ ގުޅޭގޮތުން ސުވާލުކޮށް ސަރުކާރަށް ފާރަވެރި ބަލާނެ ބައެއް ނެތް ކަމަށް ސަރުކާރުން ހީކުރާ ކަމަށެވެ. ނަމަވެސް އެގޮތަށް އެކަން ނުހިނގާނެ ކަމަށާއި، ސަރުކާރަށް ސުޕަ މެޖޯރިޓީއެއް އޮތް ނަމަވެސް ރައްޔިތުންނަށް ބީރު ކަންފަތެއް ދޭ ކަމަށްވާނަމަ، އެގޮތަށް މާގިނަ ދުވަހު ނުތިބެވޭނެ ކަމަށެވެ.

ނާޒިލް ވިދާޅުވީ މަޖިލީހުގެ ތިއްބެވި މެމްބަރުންނަކީ ރައްޔިތުންގެ މަންދޫބުން ކަމަށާއި، ރައްޔިތުންނަށް ބީރު ކަންފަތެއްދީގެން މުޅި ދައުރު ނިންމާނުލެވޭނެ ކަމަށެވެ.

އަދި ރައްޔިތުން ބޭނުންވާ ކަންތައްތައް ކޮށްނުދީ މަޖިލީހުގެ މެންބަރުން ހިފަހައްޓައި ގިނަ ދުވަހަށް ނުގެންގުޅެވޭނެ ކަމަށާއި އެ މަންޒަރުތައް ވަރަށް އަވަހަށް ފެންނާނެ ކަމަށް ވެސް ވިދާޅުވެ ނާޒިލް ވަނީ ސަރުކާރަށް ފާޑުކިޔާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved